ކުއަންޓިޓީ ސާވޭ އާއި ޕޮލިޓިކަލް ސައިންސާ ގުޅޭ ޑިގްރީ ކޯހެއް ވިލާ ކޮލެޖުން ތަޢާރަފު ކޮށްފި

ބެޗްލާ އޮފް ކުއަންޓިޓީ ސާވޭ އާއި ބެޗްލާ އޮފް ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ކޯސް ވިލާ ކޮލެޖުން މިއަދު ތައާރާފުކޮށްފިއެވެ.

ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ކޯސް ތަޢާރަފުކޮށް ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ.

ބެޗްލާ އޮފް ކުއަންޓިޓީ ސާވޭއަކީ އިމާރާތް ކުރުމުގެ ދާއިރާއަށް ޚާއްޞަ ކޮށްފައިވާ ޕްރޮގްރާމެކެވެ. އިމާރަތް ކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ ތަކެތީގެ މިންވަރު ކަނޑައެޅުމާއި ފައިނޭންސަލްއާއި ޕްރޮކިއުމަންޓާއި ގާނޫނީ ބައިތަށް މި ޕްރޮގްރާމުގެ ތެރެއިން ކިޔަވައިދޭނެ ކަމަށް، މި ޕްރޮގްރާމްއާ ގުޅޭ ގޮތުން ސްކޫލް އޮފް ކޮމްޕިއުޓާ ސައިންސްގެ ހެޑް އޮފް ސްކޫލް އުދުމާ އަބްދުއްލަތީފް ވިދާޅުވިއެވެ.

މަސައްކަތްތެރި މާހައުލަށް ދަރިވަރުން އަހުލުވެރި ކުރުވުމުގެ ގޮތުން އިންޑަސްޓްރީގައި މަސައްކަތް ކުރުމުގެ ފުރުޞަތު ވެސް މި ޕްރޮގްރާމުގެ ތެރެއިން ހޯދައިދޭނެ ކަމަށް އުދުމާ ވިދާޅުވިއެވެ.

ބެޗްލާ އޮފް ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ޕްރޮގްރާމުން ޒުވާން ސިޔާސީ ލީޑަރުން ބިނާކުރުމަށް އެހީވެދޭނެ ކަމަށް ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ސީނިއާ ލެކްޗަރާ އަލްއުސްތާޒާ އައިޝަތު ހަލީލާ އަބްދުއްސައްތާރު މި ޕްރޮގްރާމާ ގުޅޭ ގޮތުން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ސަރަހައްދީ ގުޅުންތަކާއި ބައިނަލްއަގުވާމީ ގުޅުންތަކާއި އިގުތިސާދީ ގޮތުން ކުރާ އަސަރުތައް ހިމަނާފައިވާ ވާނެ ކަމަށެވެ. އަދި ޚާއްޞަކޮށް ތިން ވަނަ ދުނިޔޭގެ ސިޔާސީ މަސްރަހާއި ހާރިޖީ ސިޔާސަތުތަކާއި އިންސާނީ ޙައްޤުތަކާ ބެހޭ ގޮތުން ވެސް، ތިން އަހަރުގެ މި ޕްރޮގްރާމުގައި ކިޔަވައިދޭނެ ކަމަށެވެ.

ޕޮލިޓިކަލް ސައިންސް ޕްރޮގްރާމަށް ވަންނަން، މަތީ ސާނަވީ ނިންމާފައި ވުމާއި ނުވަތަ ގުޅުން ހުރި ދާއިރާއަކުން ލެވެލް 4ގެ ސަނަދެއް އޮންނަން ޖެހެއެވެ. ލެވެލް 4ގެ ފައުންޑޭޝަން ސްޓަޑީޒް ކޯހެއް ފުރިހަމަ ކުރުމުން ވެސް މި ކޯހުގައި ބައިވެރިވެވޭނެއެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފާސްކޮށްފައިވާ ޔުނިވަރސިޓީ ޕްރޮގްރާމެއް ފުރިހަމަކޮށްފައިވާ ދަރިވަރުންނާއި 20 އަހަރު ފުރި ސެކަންޑްރީ ސްކޫލް ނިންމައި ކޯހާ ގުޅުން ހުރި ދާއިރާއަކުން ތަޖުރިބާ ލިބިފައި، ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވް ކޮށްފައިވާ " ޕްރެޕަރޭޝަން ކޯސް" ހަދާފައިވާ ފަރާތްތަކަށް ވެސް މި ކޯހަށް ވަނުމުގެ ފުރުޞަތު އޮންނާނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

މި ރަސްމިއްޔާތުގައި، ވިލާ ކޮލެޖުގެ ސީނިއާ ކަރިކިއުލަމް ޑިވެލޮޕާ ކަށިމާ އަހުމަދު ޝާކިރު ލިޔުއްވާފައިވާ، "ސިޔާސީ ތާރީހު – އެއް ވަނަ ބަޔާއި 34 ޚިދުމަތް ތެރިންނާ ގުޅޭ ގޮތުން ލިޔުނު "ދިވެހިރާއްޖޭގައި އުފެދުނު ޝަރަފުވެރި ބޭފުޅުންގެ ތެރެއިން އުސްތާޒުންނާއި އާލިމުން، އުދަބާއުނާއި ޝާއިރުން" ފޮތް ވަނީ ނެރެފައެވެ. މި ދެ ފޮތް ނެރ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއެވެ.

މި ޕްރޮގްރާމުތައް އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ސީނިއާ ކަރިކިއުލަމް ޑިވެލޮޕާ ކަށިމާ އަހުމަދު ޝާކިރު ލިޔުއްވާފައިވާ ދެ ފޮތެއް ނެރުނެވެ. މި ދެ ފޮތް ވެސް ނެރެދެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

އެއީ ރާއްޖެ އާއި ބޭރު ގައުމުތަކާ ދެމެދު އޮތް ގުޅުންތަކުގެ މައުލޫމާތުތައް ހިމެނޭ ސިޔާސީ ތާރީހުގެ އެއް ވަނަ ބަޔާއި ދިވެހިރާއްޖޭގައި އުފެދުނު ޝަރަފުވެރި ބޭފުޅުންގެ ތެރެއިން އުސްތާޒުންނާއި އާލިމުން، އުދަބާއުނާއި ޝާއިރުންގެ 34 ބޭފުޅުންގެ ހިދުމަތްތައް ފާހަގަކޮށްފައިވާ ފޮތެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *