ބޭރުގައި ކިޔަވާ ކުދިންގެ ދަފްތަރުގައި 1800 ދަރިވަރުން

ރާއްޖެއިން ބޭރުގައި ތަޢުލީމް އުގެނެމުންއަންނަ ކުދިންގެ ދަފްތަރުގައި މިހާތަނަށް އެއްހާހަށްވުރެ ގިނަ ދަރިވަރުން ރަޖިސްޓްރީކޮށްފައިވެއެވެ.

ސަރުކާރުން ދެއްވާ ސްކޮލޮޝިޕް އާއި ލޯނުގައި ކިޔަވަމުން އަންނަ ކުދިންގެ އިތުރުން ރާއްޖެއިން ބޭރުގައި ކިޔަވަމުންއަންނަ ދިވެހި ދަރިވަރުންގެ ދަފްތަރެއް އެކުލަވާލެއްވީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

މި ދަފްތަރު ހުޅުވާލިފަހުން މިހާތަނަށް 1878 ދަރިވަރަކު ވަނީ ރަޖިސްޓްރީކޮށްފައެވެ. މި ދަރިވަރުންގެ ތެރޭގައި ހިމެނެނީ ބައިލެޓަރަލް ސްކޮލަރޝިޕްގައި ހިމެނޭ 114 ދަރިވަރުން، ސަރުކާރު ސްކޮލޮޝިޕުން 293 ދަރިވަރުންގެ އިތުރުން ސަރުކާރު ލޯނުގެ ދަށުން 1402 ދަރިވަރުން އަދި އަމިއްލަ ޚަރަދުގައި ނުވަތަ އެހެނިހެން ގޮތްގޮތުން ކިޔަވަމުން އަންނަ 69 ދަރިވަރުންނެވެ.

މިގޮތަށް ދަފްތަރެއް އެކުލަވާލެވުމުގެ ބެނުމަކީ ރާއްޖެއެއިން ބޭރުގައި ތައުލީމް އުގެނަމުން އަންނަ ދަރިވަރުންގެ ކަންކަން މޮނީޓަރކޮށް ބެލެހެއްޓުމުގައި ލުއިފަސޭހަގޮތްތަކެއް ފަހިކުރުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *