މަތީ ތަޢުލީމާ ބެހޭ ވުޒާރާގައި، ދަރުމަވެރިންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުޞަތު ދެނީ

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވުޒާރާގައި ދަރުމަވެރިންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު އެ އެ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެ ވުޒާއިން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން، ދަރުމަވެރިންގެ ގޮތުގައި މަސައްކަތް ކުރުމަށް ފުރުޞަތު ދެނީ، ސާނަވި އިމްތިހާން ނިންމާފައިވާ ފަރާތްތަކަށެވެ. އަދި އެ ވުޒާރާއިން ހަވާލު ކުރަނީ އިދާރީ މަސައްކަތްތައް ކުރުމަށެވެ.

ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދަރުމަވަރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ލިޔުން.
  2. ދަރުމަވަރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދަރުމަވަރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. 18 އަހަރު ނުފުރޭނަމަ، ދަރުމަވަރިއެއްގެ ގޮތުގައި މަސައްކަތްކުރުމާ މެދު ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން.

ވޮލެންޓިއަރ ކޮށް މަސައްކަތްކުރުމުގެ މުއްދަތު ނިމުމުން ތަޖުރިބާގެ ލިޔުމެއް ދޭނެ ކަމަށް ބުނެފައި ވި ނަމަވެސް މަސައްކަތް ކުރަންޖެހޭ މުއްދަތެއް އެ އިއުނާނުގައި ބުނެފައިނުވެއެވެ. ދަރުމަވަރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަން ޖެހެނީ، އަންނަ ބުދަ ދުވަހުގެ 13:30 ގެ ކުރިން recruitment@mohe.gov.mv  އީމެއިލް މެދުވެރިކޮށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *