ރެހެންދި ސްކޫލުގެ ދަރިވަރު އިސްމާއިލް އިޒްއާން އިބްރާހީމް ހާފިޒު ކަމުގެ ތާޖް ހޯދުމުން، އޭނާގެ ޝަރަފުގައި އެ ސްކޫލުގައި ޚާއްޞަ އެސެމްބްލީއެއް ބާއްވައިފިއެވެ. މި އެސަބްލީ ޝަރަފުވެރިކޮށް ދެއްވައި، އިޒުއާނަށް ހަނދާނީ ފިލާ ހަވާލުކޮށް ދެއްވީ، ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވައިސް އެޑްމިރަލް (ރ) މުހައްމަދު ފައްޔާޒު ގިލާނީއެވެ. އޭނާއާއެކު ޑެޕިއުޓީ ހެޑް އޮފް މިޝަން އަލްފާޟިލް ޒުލްކުރްނައިން އަޙްމަދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގުރޭޑް 9ގައި ކިޔަވަމުން އަންނަ އިޒުއާން ޤުރުއާން ހިތުދަސްކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ. ހާފިޒު ކަމުގެ ތާޖް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަޅުއްވައި ދެއްވީ ޤުރުއާން މުބާރާތުގެ ނަތީޖާ އިއުލާން ކުރުމަށް ހުސްވި މަހު ބޭއްވި ޖަލްސާގައެވެ.

ކީރިތި ޤުރްއާން ހިތުދަސްކުރި ކަމުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ އެސެމްބްލީގައި ހާފިޒު އިޒުއާނަށް ސަފީރު ގިލާނީ ތަހުނިޔާ ދެންނެވިއެވެ.
ދަރިވަރުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ސަފީރު ގިލާނީ ވިދާޅުވި ގޮތުގައި، ޙާޞިލުކުރުމަކީ އަޅުގަނޑުމެންގެ ދީނީ ވާޖިބެއް ކަމަށާއި އިސްލާމް ދީނުގައި ކޮންމެ ފިރިހެނަކަށް ވެސް އަދި އަންހެނަކަށް ވެސް އަލިކަން ލިބުމަށް މަގުދައްކައެވެ. އިސްލާމް ދީނުގައި ތަޢުލީމުގެ މުހިންމުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ "ތަޢުލީމުގެ މުހިންމުކަން އެހާ ބޮޑުކަމުން މުސްލިމުންނަށް ކިޔެވުމާއި ލިޔަން ދަސްކޮށްދޭ ޤައިދީން މިނިވަންކުރަން އަޅުގަނޑުމެންގެ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަالله ޢަލައިހި ވަސައްލަމް ނިންމެވި" ކަމަށެވެ.
ކީރިތި ޤުރުއާނާ ގާތް ގުޅުމެއް ޤާއިމުކުރަން ޖެހޭ ކަމަށާއި ކުޑަކުދިންނާއި، ޒުވާނުންނާއި، އަންހެނުންނާއި، ފިރިހެނުންނާއި، އިސް ރައްވެހިންނާއި ހުރިހާ އުމުރުފުރައެއްގެ މީހުން އެ ގުޅުން ޤާއިމް ކުރުމަށް ނަސޭހަތްތެރިވިއެވެ.
12 އަހަރުގައި ޤުރުއާން ހިތު ދަސްކުރި އިޒުޢާން ދަރިވަރު ނޫހަށް ކުރިން ބުނެފައި ވަނީ، އޭނާ ޤުރުއާން ހިތުދަސްކުރީ ބޭބެއާ ޖެހި ވާދައިން ކަމަށެވެ.
ހާފިޒަކަށް ވިޔަސް ޤުރުއާނުގެ ދާއިރާއިން ކުރިއަށްދާން އޭނާ ބޭނުންވެއެވެ. ހުޝަރީގެ ރާގަކީ އޭނާއަށް އެންމެ ކަމުދާ ރާގެވެ. އެ ރާގަށް ކިޔަވަން ކިޔަވަން ވެސް ކިޔަވައެވެ. އެކަމަކު އަދިވެސް އޭނާ އަންނަނީ އެ ރާގު ދަސްކުރަމުންނެވެ.
ޤުރުއާނުގެ ތެރޭގައި އުޅުނަސް އަޒްޢާންގެ ކުރިމަގުގައި ފެންނާނީ ޤުރުއާން ހިތުދަސް ޑޮކްޓަރެއްގެ ގޮތުގައެވެ. ޑޮކްޓަރަކަށް ވުމަކީ އެއީ މާ ކުރިން އޭނާ ނިންމި ނިންމުމެކެވެ.
advertisment
ހިޔާލު