މަސައްކަތް ކުރަނީ އެރަށަކުން އެރަށެއްގެ ސްކޫލަށް ޕްރިންސިޕަލަކު ހަމަޖައްސަން: އެޑިޔުކޭޝަން

ސްކޫލްތަކަށް ޕްރިންސިޕަލް ހަމަޖެއްސުމުގައި މަސައްކަތް ކުރަނީ އެ ރަށަކުން އެރަށެއްގެ ސްކޫލަށް ޕްރިންސިޕަލަކު ހަމަޖައްސަން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ޓީވީއެމްގެ ހެނދުހެނދުނާ ޕްރޮގްރާމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ ޝިފާޒު މުޙައްމަދު ވިދާޅުވީ، 217 ސްކޫލުގެ ތެރެއިން 17 ސްކޫލެއް ފިޔަވައި އެހެން ހުރިހާ ސްކޫލްތަކެއްގައި ޕްރިންސިޕަލުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށާއި އެ މިނިސްޓްރީން މަސައްކަތް ކުރަމުން ގެންދަނީ އެރަށެއްގެ ސްކޫލަށް އެ ރަށަކުން ޕްރިންސިޕަލަކު ހަމަޖައްސަވަން ކަމަށެވެ. ފާއިތުވި ހަތަރު ފަސް މަހެއްގެ ތެރޭގައި ޕްރިންސިޕަލުން ހޯދަން އިއުލާން ކޮށްފައިވާ ކަމަށާއި ޕްރިންސިޕަލަކަށް ވެވޭނީ މާސްޓަރސް ފެންވަރަށް ކިޔަވައި އަދި ހަތަރު އަހަރު ދުވަހުގެ ތަޖުރިބާއަށް ފަހު ކަމަށެވެ.

" އަޅުގަނޑުމެން ބަލަނީ އެ ރަށަކުން އެ ރަށެއްގެ ޕްރިންސިޕަލަކު ހަމަޖައްސަން" ޝިފާޒު ވިދާޅުވިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އަންނަނީ އެ ފުރުޞަތު ރަށުން ބޭރުގައި މަސައްކަތް ކުރައްވަމުން އަންނަ ޕްރިންސިޕަލުންނަށް ފަހިވެސް ކޮށްދެއްވަމުންނެވެ.

ޝިފާޒު ވިދާޅުވީ، ތާރީހުގައި ވެސް އެންމެ ގިނަ އަދަދެއްގެ ދިވެހި ޕްރިންސިޕަލުން މަސައްކަތް ކުރަމުން ދަނީ މި ދުވަސްވަރު ކަމަށެވެ.

ޕްރިންސިޕަލުން މެލޭޝިޔާއިން ތަމްރީނު ކުރުމުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ވެސް ކުރިއަށް އެބަ ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *