ކަމެއް ހާޞިލްކުރަން ބޭނުންނަމަ އެ ކަމެއް ވަރަށް ސާފުކޮށް ހިތުގައި ބިންވަޅު ނެގެން ޖެހޭ

ޕްރިންސިޕަލް އާމިނަތު މުޙައްމަދު ރޭ ވާހަކަދައްކަވަނީ: ޞިލްކުރަން ބޭނުންވާ ކަމެއް ނުވަތަ ތަޞައްވަރު ކުރާ ކަމެއް އޭނާގެ ހިތުގައި ވަރަށް ސާފުކޮށް ބިންވަޅު ނަގަންޖެހޭ ކަމަށް- ފޮޓޯ: ކޭއޯ

ކަމެއް ހާޞިލްކުރަން ބޭނުންނަމަ އެ ކަމެއް ވަރަށް ސާފުކޮށް ހިތުގައި ބިންވަޅު ނަގަން ޖެހޭ ކަމަށް ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އާމިނަތު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޖަލާލުއްދީން ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ދަރިވަރުންނާ މުހާޠަބު  ކުރައްވައި ޕްރިންސިޕަލް އާމިނަތު ވިދާޅުވީ،

އިންސާނަކު ހާޞިލްކުރަން ބޭނުންވާ ކަމެއް ނުވަތަ ތަޞައްވަރު ކުރާ ކަމެއް އޭނާގެ ހިތުގައި ވަރަށް ސާފުކޮށް ބިންވަޅު ނެގިއްޖެ ކަމަށް ވާނަމަ އެކަމަށް ޙާޞިލް ކުރުމަށްޓަކައި މަގުތައް ކޮށި ސާފު ސީދާ މަގެއް ތިޔަ ކުދިންނަށް ފެނިގެން ދާނެ ކަމަށެވެ.

ނަމަވެސް މި މަގުން ދަތުރު ކުރަމުންދާއިރު ބައެއް ފަހަރު އަޑިކުޑަންތައް އަންނާނެ ކަމަށާއި ބައެއް ފަހަރު މަގުއޮޅޭ ފަހަރު ވެސް އަންނާނެ ކަމަށާއި މިދެވެނީ ނުބައި މިސްރާބަކަށޭ ވެސް ހިތަށް އަރާފާނެ ކަމަށެވެ.

" އެހެން ނަމަވެސް ތިޔަކުދިންގެ އަޒުމަކީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އެއެޗެއް ހާޞިލް ކުރުން ކަމަށް ވާނަމަ އެކަން ވާން ސަބަބުތައް މެދުވެރިވާނެ" ޕްރިންސިޕަލް ވިދާޅިވިއެވެ.

ޕްރިންސިޕަލް އާމިނަތު ވިދާޅުވި ގޮތުގައި ވިސްނަންވީ، ހާޞިލްކުރަން ބޭނުންވާ ލަނޑުދަނޑި ޙާޞިލް ކުރުމަށްޓަކައި ނިޔަތް ގަންނަން ކަމަށާއި އެއަށްފަހު އެކަމަށް ބޭނުންވުމެވެ. ބޭނުންވުމަކީ އެއެއްޗެއް ބޭނުންވުމުގެ އިންތިހާ ދަރަޖައިގެ އެންމެ މަތީ ލެވެލް ކަމަށާއި ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އެކަމެއް ކުރާނަމޭ، އެ އަޒުމް، އެ ހިތްވަރު، އެޖޯޝް، އެ ފޯރި ހުންނަން ޖެހޭ ކަމަށެވެ.

" މިއީ ތިޔަކުދިންގެ އެތެރެއިން އަންނަން ޖެހޭ އެއްޗެއް. މިއީ ވަށައިގެންވާ މާހައުލުން ފެންނަން ހުންނާނެ އެއްޗެއް ނޫން. އެ އަންނަން ޖެހޭނީ އެކުއްޖެއްގެ ތެރެއިން. ހިތުގެ ތެރެއިން. އެހެން މީހަކު ބުނެގެން އެކަމެއް ނުވާނެ. މަންމަ ބުނާތީ، ޓީޗަރަކު ބުނާތީ އެކަމެއް ނުވާނެ"

ދުނިޔޭ ކާމިޔާބު މީހުން ކާމިޔާބަށް މަސައްކަތް ކުރުމުގައި ފުރަތަމަ އެމީހުންގެ ވިސްނުމަކަށް ވެފައި ވަނީ، ބޭނުންވާ އަމާޒެއް ސާފުކޮށް އެނގިފައި އޮތުމާއި އެކަމަކަށް ބޭނުންވެގެން ކުރާ މަސައްކަތްތަކެއްގެ އިތުރުން ގެންގުޅޭ އަޚްލާގީ ސިފަތައް ކަމަށް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *