ފާއިތުވި 2022-2023 ވަނަ ދިރާސީ އަހަރު ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި ފަތިމަތު ރައިޙާއާއި ފާތިމަތު ޒަމްއާ އަމްޖަދު ހޮވައިފިއެވެ.
ރައީހާއަކީ ސާނަވީން އެންމެ ރަނގަޅު ދަރިވަރެވެ. އެނާ ވަނީ ސާނަވީ ނިންމާ އިމްތިހާންތަކުން ޤައުމީ ގަދަ ދިހައެއްގެ ތިން ވަނަ ހޯދާފައެވެ. ޒަމްއާ އަކީ މަތީ ސާނަވީން އެންމެ ރަނގަޅު ދަރިވަރެކެވެ. އަދި އޭނާ ވަނީ މަތީ ސާނަވީ ނިންމާ އިމްތިޙާނު ތަކުން ޤައުމީ ގަދަ ދިހައެއްގެ ދެ ވަނަ ހޯދާފައެވެ.
ރޭ ބޭއްވި ޖަލާލުއްދީން ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ އެޑިޔުކޭޝަން މިނިސްޓަރުގެ ނައިބު ސުލްޠާން ރާމިޒެވެ.
700އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ޖަލާލުއްދީން ސްކޫލުން ފާއިތުވި ދިރާސީ އަހަރު، ސާނަވީ ނިންމާ އިމްތިޙާނު ތަކުގައި 53 ދަރިވަރުން ބައިވެރިވެ ހަ ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނެވެ. މަތީ ސާނަވީން ޤައުމީ ގަދަ ދިހައެއްގައި 13 ދަރިވަރުން ހިމެނުނެވެ. އޭގެ ތެރެއިން ތިން ދަރިވަރުންނަށް ހައި އެޗީވާރސް ސްކޮލަޝިޕް ލިބިފައިވެއެވެ.
advertisment
ހިޔާލު