ދެވަނަ ޓާމުގެ ކިޔެވުން އަންނަ އޮގަސްޓް މަހުގެ ތެރޭގައި ފަށާއިރު، ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު ޖުލައި މަހުގެ 25 ވަނަ ދުވަހަށް އޮތީ ހަމަވެފައެވެ. ޖާގަ ހުރި ކޯސްތަކަށް ވަނުމުގެ ފުރުޞަތު ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ( އެމްއެންޔޫ) އިން މިއަދު ވަނީ ހުޅުވާލާފައެވެ.
އެ ޔުނިވަރސިޓީން ބުނި ގޮތުގައި، ޑިޕްލޮމާ އިން މަތީ ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ބުރާސްފަތި ދުވަހުގެ 14:00 އެވެ. އަދި އެޑްވާސްޑް ސެޓްފިކެޓް އިން ފެށިގެން ދަށް ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ އޮގަސްޓު މަހުގެ ވިހި ވަނަ ދުވަހުގެ 14:00 އެވެ.
ކޯސްތަކާ ބެހޭ އިތުރު މަޢުލޫމާތު https://courses.mnu.edu.mv/ އިން ލިބޭއިރު، ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު studentservices@mnu.edu.mv އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނުން ލިބޭނެއެވެ.
advertisment
ހިޔާލު