އަލިފުށީ ސްކޫލަށް އެ ރަށު ކައުންސިލުން 60,000 ރުފިޔާގެ މާލީ އެހީއެއް

އަލިފުށީ ސްކޫލަށް އެ ރަށު ކައުންސިލުން 60,000 ރުފިޔާގެ މާލީ އެހީއެއް ވެދީފިއެވެ. މިއީ އެރަށު ކައުންސިލުން އެ ސްކޫލަށް އެހީތެރިކަން ފޯރުކޮށްދޭތާ ތިން ވަނަ އަހަރެވެ. މި އަހަރު ކައުންސިލުން ދިން މާލީ އެހީ ވަނީ ދެ ގުނަ ބޮޑުކޮށްފައެވެ.

އަލިފުށީ ސްކޫލް ޕްރިންސިޕަލް އާމިނަތު ޖަމީލް ވިދާޅުވީ ކައުންސިލުން ފޯރުކޮށްދިން އެހީ ބޭނުން ކުރަމުންއައީ ގުރޭޑް 10އާއި 11އަދި 12ގެ ދަރިވަރުންގެ ތަޖުރިބާ ހޯދަން ކުރާ ދަތުރުތަކަށާއި ވަކިވަކި މާއްދާތަކަށް ޚާއްޞަކޮށްގެން ގެންނަ ޓީޗަރުންގެ މުސާރައަށް ކަމަށެވެ. މި އަހަރު ދިން ފައިސާއިން ބައެއް މުދައްރިސުންނަށް ބޭނުންވާ ބައެއް ތަމްރީނުތަކަށް ޚާއްޞަ ކުރާނެ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ބޭނުންވާ ކަންތައްތަކުގައި ކައުންސިލުގެ އެހީތެރިކަން އަބަދުވެސް ލިބޭ." އާމިނަތު ޖަމީލް ވިދާޅުވިއެވެ.

ކައުންސިލުން ފޯރުކޮށްދެމުންދާ އެހީތަކަށް އަލިފުށީ ސްކޫލުން ކައުންސިލަށް ޝުކުރުއަދާކުރެއެވެ.

އަލިފުށީ ސްކޫލުގައި 450 އެއްހާ ދަރިވަރުން ގުރޭޑް 12އާ ހަމައަށް ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *