އޭ ލެވެލް ކިޔަވަން ތައްޔާރު ވަމުންދާ ކުދިންނަށް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް)އިން ކުރިއަށް ގެންދިޔަ ސެޝަނަށް ވަރަށް ކާމިޔާބު ކަމަށް އެ ސްކޫލުން ބުނެފިއެވެ.

" ޔުއަރ ޕާތްވޭ ޓު އޭ ލެވެލްސް" ގެ ނަމުގައި އޯ ލެވެލް ނިންމި ދަރިވަރުންނަށް ސެޝަންތައް ކުރިއަށް ގެންދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ގެންދިޔައީ އެ ސްކޫލަށް ހާޒިރުވެގެން ކުރިއަށް ގެންދިޔަ ސެޝަނެވެ. މާދަމާ އޮންނާނީ އޮންލައިކޮށް ކުރިއަށް ގެންދާ ސެޝަނެވެ.

ބުރާސްފަތި ދުވަހު އޮތް ސެޝަނަށް 99 ކުދިން ރަޖިސްޓްރީވިއެވެ. އެ ހުރިހާ ކުދިން އެ ސެޝނަށް ހާޒިރުވެ، އެ ސްކޫލުގައި ހުރި ފުރުޞަތު ތަކާއި މާއްދާތައް ކިޔެވުމުގައި ނެގޭނެ އޮޕްޝަންތަކާ ގުޅޭ މައުލޫމާތު ތަޖުރިބާކާރު ޓީޗަރުންގެ ފަރާތުން އޮޅުން ފިލުވައި މައުލޫމާތު ހޯދި ކަމަށް ވިލާ ހައި ސްކޫލުން ބުންޏެއެވެ.

އޮންލައިންކޮށް ކުރިއަށް ގެންދާ ސެޝަން މާދަމާ އެ ސްކޫލުގައި ކުރިއަށް ގެންދާނެއެވެ. އެ ސެޝަނަށް 180އަށް ވުރެ ގިނަ ދަރިވަރުން ރަޖިސްޓްރީ ވެފައިވެއެވެ.

" ވަރަށް ކާމިޔާބު، އަދި ބައިވެރިވި ހުރިހާ ދަރިވަރުން ހިތްހަމަ ޖެހިގެން ހަތަރު ގަޑިއެއްހާއިރު ހޭދަކުރީ" ބުރާސްފަތި ދުވަހު އޮތް ސެޝަނަށް އިޝާރާތް ކުރައްވައި، ވިލާ ހައި ސްކޫލުގެ ޕްރިންސިޕް އަލީ މުސްތަފާ ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އޭލެވެލް އަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ޕްރީ ރަޖިސްޓްރީވާން އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ހުޅުވާލާނެ ކަމަށާއި އޯ ލެވެލްގެ ނަތީޖާ އޮގަސްޓް 13ގައި ލިބެން ފެށުމާއެކު ޕްރީ ރަޖިސްޓްރީ ކުރި ދަރިވަރުންނަށް ނަތީޖާ އަޕްޑޭޓް ވެސް ކޮށްލެވޭނެ ކަމަށެވެ.

" ކްރައިޓީރިއާ ބޭސްޓް ކޮށް ކުދިން ނަގަމުންދާއިރު، ތަރުތީބުން ޖަގާ ދޫކުރަމުން ގެންދާނީ " އަލީ މުސްތަފާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް އޭލެވެލްގެ ކިޔެވުން ފެށެން ވާއިރަށް ނުނިމޭނެތީ ކުރީ އަހަރު ދިން ވަރަށް މި އަހަރު ޖާގަ ދެވެން ނެތް ކަމަށެވެ.

ވިލާ ހައި ސްކޫލަކީ ހަމައެކަނީ އޭލެވެލްއަށް ރާއްޖޭގައި ކިޔަވައިދޭ އިންޓަރނޭޝަނަލް ސްކޫލެވެ.
advertisment
ހިޔާލު