ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ)އާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ބައެއް ސްކޫލްތަކުގައި ކުރިޔަށްގެންދިޔަ އަޕްޝިފްޓް ޕްރޮގްރާމްގެ އަޖުމަ ބެލުމުގެ މަރުޙަލާ ނިންމާލައިފިއެވެ.
މި ޕްރޮގުރާމަކީ، 21 ވަނަ ގަރުނުގެ ހުނަރުތަކާއި ޤާބިލިއްޔަތުތައް އުގަންނައިދިނުގެ މަޤުޞަދުގައި ފުރާވަރުގެ ކުދިންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެން 2014 ވަނަ އަހަރު ޔުނިސެފް އިން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
ދިވެހިރާއްޖޭގައި އަޕްޝިފްޓް ޕްރޮގުރާމް ތަންފީޒުކުރާން ފެށުނީ، އަޖުމަ ބެލުމުގެ ގޮތުން 2023 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އަޕްޝިފްޓްގެ ތައްޔާރީތައް އެންމެ ފުރަތަމަ ފެށުނު އިރު، ހުރިހާ ސުކޫލަކަށް ފުރުސަތު ހުޅުވާލުމުން، ޖުމުލަ 53 ސުކޫލަކުން 1100 ޓީޗަރުންނާއި 3495 ދަރިވަރުން ބައިވެރިވި ކަމަށް އެންއައިއީއިން ބުނެއެވެ.
އެތައް ޤައުމެއްގައި ޔުނިސެފުން ކުރިއަށް ގެންދާ އަޕްޝިފްޓް ޕްރޮގްރާމް ރާއްޖޭގައި ގެންދަނީ، ރާއްޖޭގެ ދަރިވަރުންނަށް މި ޕްރޮގްރާމްގެ ފައިދާ އެންމެ އެދެވޭ ގޮތުގައި ލިބިދެވޭ ގޮތަށެވެ. ދިވެހި ވެއްޓަށް ފެތޭގޮތަށް ދަރިވަރުންނަށް އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް މިޕްރޮގްރާމް ވަނީ ބަދަލު ކޮށްފައެވެ.
އަޕްޝިފްޓް ޕްރޮގްރާމް ސްކޫލުތަކުގައި ތަންފީޒުކުރެވުނީ "ޔުނިސޯލްވް" ކިޔާ އޮންލައިން މަންސަ އެއްގެ އެހީގައެވެ. މި މަންސަ މެދުވެރިކޮށް، ބްލެންޑަޑް ލަރނިންގ މޮޑެލްގެ ތެރެއިން ދަރިވަރުންނަށް "އަޕްޝިފްޓް" ޕްރޮގްރާމްގެ މައިގަނޑު ހުނަރުތަކާއި ޤާބިލިއްޔަތުތައް، ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް މިދިޔަ އަހަރު އުނގަންނައި ދީފައިވެއެވެ. މިކަމަށް ތައްޔާރުވުމުގެ ގޮތުން ފަސް ފަހަރެއްގެ މަތީން ، ޕްރިންސިޕަލުންނާއި ލީޑިންގ ޓީޗަރުންނާއި ޓީޗަރުން ހިމެނޭހެން، 253 ފަރާތެއް ތަމުރީނު ކޮށްފައިވާ ކަމަށާއި ފުރާވަރު އުމުރުގެ 96 ކުދީން ހިމެނޭހެން ޖުމުލަ 3 ބޫޓްކޭމްޕެއް ބާއްވާފައިވާ ކަމަށް އެންއައިއީއިން ބުނެއެވެ.
advertisment
ހިޔާލު