އަޙްމަދިއްޔާގެ ސާނަވީ ބައިގެ ކެޕްޓަނުންނަށް ޖައިޝާއާއި ޔާނިޝް

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ސާނަވީގެ ބައިގެ ކެޕްޓަނުންނަށް ފާޠިމަތު ޖައިޝާ އާސިމް އާއި މުޙައްމަދު ޔާނިޝް ހޮވިއްޖެއެވެ.

9 ދަރިވަރުން ވާދަކުރި އިންތިޙާބުން ޖައިޝާ އާއި ޔާނިޝް ކެޕްޓަން ކަމުގެ މަގާމަށް ހޮވުނީ  70.9 އިންސައްތަ ޕޮއިންޓް ހޯދައިގެންނެވެ. ޑެޕިޔުޓީ ކެޕްޓަނުންނަށް ހޮވުނީ، މަރިޔަމް އަރަފާ އިބްރާހީމްއާއި ޝައްޔާން ބިން ޝިފާޢެވެ.

ޑެޕިޔުޓީ ކެޕްޓަނުންނަށް ހޮވުނު، މަރިޔަމް އަރަފާ އިބްރާހީމްއާއި ޝައްޔާން ބިން ޝިފާން – ފޮޓޯ: އަޙްމަދިއްޔާ ސްކޫލް

ގޭމްސް ކެޕްޓަނުންނަށް ހޮވުނީ ކަލްސަމް ކައިނާ ނިމާލްއާއި ޔޫސުފް އިޒްޔާން ޙަސަނެވެ.

ކެޕްޓަނުން ހޮވުމުގައި، ކިޔެވުމަށް 30 އިންސައްތަ، ކާމިޔާބީ ތަކަށް 15 އިންސައްތަ، އިންޓަވިޔު އަށް 25 އިންސައްތަ، އަދި ދަރިވަރުންގެ ވޯޓަށް 30 އިންސައްތަ ކަނޑައަޅާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *