މުޖުތަމަޢުގެ ތެރޭގައި އުޅެންއެގުމާއި ކަންތަކުގައި އިސްކޮށް ޙަރަކާތްތެރިވުމަކީ ސްކޫލް ދަރިވަރުންގެ ކިބައިގައި ހަރުލައްވަންޖެހޭ މުހިންމު އާދައެއްކަމުގައި ޣާޒީސްކޫލުން ފާހަގަކުރެއެވެ. އެގޮތުން މި ދިރާސީ އަހަރަށް ސްކޫލުގެ ސްޓުޑެންޓް ލީޑާރސް ކައުންސިލް އެކުލަވާލައި، އިފްތިތާޙުކުރީ 17ޖުލައި ވީ ބުދަދުވަހު ސްކޫލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީގެ ސެންޓަރ ފޯ ރިސާރޗް އެންޑް ޕަބްލިކޭޝަންގެ، ޑީން، ޑރ. އާމިނަތު ޝާފިޔާ އާދަމް އެވެ.

މިހިނގާ ދިރާސީއަހަރު ޣާޒީ ސްކޫލްގެ ކެޕްޓަނަކަށް އައިނީ މުންތަޒިމް އަދި ޑެޕިއުޓީ ކެޕްޓަނުންނަށް ޢާއިޝަތު ނައިހާ އިސްމާޢީލް އާއި ޔޫސުފް ކައިސާން ނިޒާރުވަނީ ހޮވާފައެވެ.

ޣާޒީ ސްކޫލުގެ ސްޓޫޑެންޓް ލީޑަރސް ކައުންސިލުގައި އިސްކޮށް ޙަރަކާތްތެރިވުމަށް އެކި ރޭންކް ތަކުގައި ޖުމްލަ 25 ދަރިވަރުން ހޮވާފައި ވެއެވެ. ހުރިހާ ދަރިވަރުން ޝާމިލްވާގޮތަށް އެކުލަވާލެވިފަވާ މިކައުންސިލުގައި އެކުޖުމްލަ 122 ދަރިވަރުން ޙަރަކާތްތެރިވުން އެއީ ވަރަށްބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެސް.އެލް.ސީގެ އިންޗާޖް ލީޑިންގ ޓީޗާރ ޖެނީނާ ޢަލީ ފާހަގަކުރެއްވިއެވެ.

އެސް.އެލް.ސީގެ އިސްދަރިވަރުން
ގޭމްސް ކެޕްޓަން: އަޙްމަދު އައިކް އިމްދާހް
ޑީ.އެލް.އޭ ޕްރެޒިޑެންޓް: ޢާއިޝަތު އަންޖަލް ބިންތި އަސްލަމް
އީ.އެލް.އޭ ޕްރެޒިޑެންޓް: ޢާއިޝަތު ރަޔާ ޙަމީދު
ޑެޕިއުޓީ ގޭމްސް ކެޕްޓަން: ފާތިމަތު ސާޝާ ފަރަހަތު
ޣާޒީ ސްކޫލްގެ ހައުސް ކެޕްޓަނުން
ހާޖީހައުސް ކެޕްޓަން: ޢާއިޝަތު އައިލީން ޢާސިފް
ތަކުރުފާނުހައުސް ކެޕްޓަން: ޢައިޝައު މަލާކް ޤުސައްޔު
ސިއްތިމާވާހައުސް ކެޕްޓަން: މަރިޔަމް އީޝަލް ޢަލީ ސަމީން
ކަނބާއައިސާހައުސް ކެޕްޓަން: މިމްރާޙް އަޙްމަދު ޝަރީފް
ހާޖީހައުސް ޑެޕިއުޓީކެޕްޓަން: ޢާއިޝަތު މާހީ މުޙައްމަދު ރަޝީދު
ސިއްތިމާވާހައުސް ޑެޕިއުޓީކެޕްޓަން: މަރިޔަމް އީވާ އިބްރާހިމް
ތަކުރުފާނުހައުސް ޑެޕިއުޓީކެޕްޓަން: ރުތް އިސްމާޢީލް ފަޒީން
ކަނބާއައިސާހައުސް ޑެޕިއުޓީކެޕްޓަން: އީނާ ޙަސަން އިބްރާހިމް
ޣާޒީ ސްކޫލްގެ ކްލަބްތަކަށް ހޮވި ދަރިވަރުން
އާޓް އެންޑް ވޮކޭޝަނަލް ކްލަބް- ޕްރެޒިޑެންޓް: ފާތިމަތު އަޒްކާ އާފާޤް
ބިޒިނަސް ކްލަބް- ޕްރެޒިޑެންޓް: ޒީބާ މުޙައްމަދު
ހިއުމަންރައިޓްސް އެނޑް މީޑިއާކްލަބް- ޕްރެޒިޑެންޓް: އާމިނަތު ޝަނުމް ޝަހީދު
އެންވަޔަރަމެންޓް ކްލަބް- ޕްރެޒިދެންޓް: ފާތިމަތު ރަޔާ މުޙައްމަދު
ސްޓެމް އެންޑް ކޯޑިންގ ކްލަބް- ޕްރެޒިޑެންޓް: ނިޒްހާ ޢަބްދުލްޢަޒީޒް
ޔުނިފޯމު ޙަރަކާތްތަކުގެ އިސްމަގާމުތަކަށަ ހޮވި ދަރިވަރުން
ބޭންޑްލީޑަރ: އަޒްކާ އިބްރާހިމް ޔަމީން
ކެޑެޓްލީޑަރ: އިސްމާޢީލް ލުބައިން މުޙައްމަދު
ގައިޑްލީޑަރ: ފާތިމަތު ފަލަކް ޝިފާޢު
ސްކައުޓްލީޑަރ: މުޙައްމަދު ޚާޒިން ސާޖިދް މޫސާ
ޓްރެފިކް މޮނިޓަރިންގ ލީޑަރ: އާމިނަތު އަލްޔާ ރަޝީދު

އެސް.އެލް.ސީ މެމްބަރުން އިގުރާރުވުމާއި މަސްއޫލިއްޔަތާއި ޙަވާލުވުމަށް ބޭއްވި މިރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނު، ދަރިވަރުންނާ މުޚާތަބު ކުރައްވަމުން ދެއްކެވި ވާހަކައިގައި 'ލީޑަރެއް’ގެގައިގައި ހުންނަނެޖެހޭ މައިގަނޑު ހަ ސިފައިގެ މައްޗައް ތަފްސީލީ ގޮތެއްގައި އަލި އަޅުވާލެއްވިއެވެ. އިފްތިތާޙު ކުރެވިގެންދިޔަ ސްޓޫޑެންޓް ލީޑާރސް ކައުންސިލަކީ ދިރިއުޅުމަށް ތައްޔާރުވެފައިތިބި އަދި ހެޔޮ ވިސްނުން ވިސްނުމާއެކު އަޅުގަނޑުމެންގެ ގައުމަށް ހެޔޮލާބަޔާއި މަންފާ ކުރާނެފަދަ ދަރިންތަކަކަށް ވުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގައި ޚާއްސަގޮތެއްގައި ބެލެނިވެރިން ޙީއްސާގެ ތެރެއިން އެހެންމީހުނަށް އިޙުތިރާމްކުރާ، އެހެންމީހުންގެ ޙައްގުތައްދަންނަ ދަރިންތަކެއް ބިނާކުރުން ފަދަ މުހިންމު ސިފަތަކަށް އަލިއަޅުވާލެއްވިއެވެ. މިމަޤްސަދު ޙާސިލް ކުރުމައްޓަކައި ބެލެނިވެރިންގެ ހަތްދިހަ ޕަސެންޓް އަދި މުދައްރިސުންގެ ތިރީސްޕަސެންޓް ޙީއްސާ އެކުލެވިގެން ކުރެވިގެންދާ މަސައްކަތުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ
advertisment
ހިޔާލު