ކައުންސިލުން ދިން އެހީތެރިކަމާއެކު އއ. މާޅޮހު ސްކޫލުގައި އެއް ދަންފަޅިއަށް ކިޔަވައިދޭން ފަށައިފިއެވެ. އެ ސްކޫލުން ބުނީ އާދީއްތަ ދުވަހުން ފެށިގެން ކިޔަވައި ދެމުން ގެންދަނީ އެއް ދަނފަޅިއަށް ކަމަށާއި އެއް ދަންފަޅިއަށް ބަދަލު ކުރީ، ދެ ކުލާސް ރޫމެއްގައި ޕާޓިޝަން ޖަހައިގެން، ދެ ކުލާސްރޫމް އިތުރުކޮށްގެން ކަމަށެވެ.
އެއް ދަންފަޅިއަށް ބަދަލުކުރަން ކުރި މަސައްކަތުގެ ޚަރަދު ހަމަޖައްސައި ދިނީ އެރަށު ކައުންސިލުންނެވެ.
" މިއީ ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިން ބޭނުންވެގެން އުޅުނު ކަމެއް. އެއް ދަންފަޅިއަށް ކިޔަވައި ދޭން ފެށުމުން އެ ހުރިހާ ފަރާތްތަކަށް ވެސް ބޮޑު ލިޔެއް ލިބިއްޖެ" ޕްރިންސިޕަލް އަބްދުﷲ ޒުބައިރު ވިދާޅުވިއެވެ.
އެއް ދަންފަޅިއަށް ކިޔަވައިދޭން ފެށުމުން ދަރިވަރުންނަށް އަމާޒުކޮށް އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނެ ޖާގައާއި ވަގުތު ލިބޭނެ ކަމަށް މާޅޮހު ސްކޫލުން ފާހަގަ ކުރެއެވެ.
މާޅޮހު ސްކޫލުގައި 120 އެއްހާ ދަރިވަރުން ގުރޭޑް 10އާ ހަމައަށް ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު