އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ ތެވެލި ކޮންފަރެންސްއަށް މި އަހަރު ރެކޯޑް އަދަދަކަށް ކަރުދާސް ހުށަހަޅައިފިއެވެ.
"ބްރިޖިންގ ބައުންޑަރީސް: އެކްސްޕްލޯރިންގ ސިނަރޖީސް އެކްރޮސް ރީސަރޗް ޑިސިޕްލިންސް" ތީމްގެ ދަށުން އަންނަ އޮގަސްޓް މަހުގެ 19ން 20 އަށް ކުރިޔަށްގެންދާ ބައިނަލް އަޤްވާމީ ތެވެލި ކޮންފަރެންސަށްއަށް 206 ކަރުދާސް ލިބިފައިވާ ކަމަށާއި މުއްދަތު 31 މެއިއަށް ހަމަވިއިރު ޖުމްލަ 186 ކަރުދާހެއް ބަލައިގެންފައިވާ ކަމަށް އެމްއެންޔޫއިން ބުނެއެވެ. މީގެތެރޭގައި، ރާއްޖޭގެ އެކި ފަރާތްތަކުން 142 ކަރުދާސް އަދި ބައިނަލް އަޤްވާމީ އެކި ފަރާތްތަކުން 44 ކަރުދާސް ހުށަހަޅާފައިވެއެވެ. މިއީ މިހާތަނަށް ބޭއްވުނު ތެވެލި ކޮންފަރެސްތަކުގައި ހުށަހަޅާފައިވާ ކަރުދާސްތަކުގެ އަދަދަށް ބަލާއިރު ރެކޯޑް އަދަދެއްކަން އެ ޔުނިވަރސިޓީން ފާހަގަކުރެއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން މައުލޫމާތު ދޭ ގޮތުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ މަޤްސަދަކީ ،ދަރިވަރުންނާއި ދިރާސާކުރާ ،ފަރާތްތަކާއި ދިވެހިރާއްޖެއާއި ބައިނަލް އަޤްވާމީ އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނަށް އެ ފަރާތްތަކުގެ ދިރާސާގެ ހޯދުންތައް ހުށަހަޅައި އެ ހޯދުންތަކާމެދު މަޝްވަރާކޮށް ޚި ޔާލު ބަދަލުކުރުމެވެ.
ޕޭޕަރ ޕްރެޒެންޓޭޝަން އަދި ކީ ނޯޓް ސްޕީޗްތައް އެކުލެވޭގޮތަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން ކޮންމެ އަހަރަކުވެސް ވަރަށް މުހިންމު އިވެންޓެއްގެ ގޮތުގައި ޚާއްސަ ސަމާލުކަމެއް ދީގެން ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސަށް 13 ތީމަކަށް ކަރުދާސް ހުށަހަޅުމުގެ ފުރުސަތު ހުޅުވާލިއެވެ. އެއީ:
- ޕަބްލިކް ހެލްތް ސްޓްރެޓަޖީސް އިންފޯމްޑް ބައި މަލްޓިޑިސިޕްލިނަރީ ރީސަރޗް
- ކްރޮސް ޑިސިޕްލިނަރީ ޕެޑަގޮޖީ އެންޑް ލާނިންގ ސްޓްރެޓަޖީސް
- ކޮލަބޮރޭޝަން އިން ޓެކްނޮލޮޖިކަލް އިނޮވޭޝަން
- އިނޮވޭޝަން އެންޑް އެންޓަރޕްރެނަރޝިޕް އެކްރޮސް ޑިސިޕްލިންސް
- އެޕްރޯޗަސް ޓު ސަސްޓެއިނެބަލް އެގްރިކަލްޗަރ އެންޑް ފިޝަރީޒް
- ސޮލިއުޝަންސް ފޮރ ސަސްޓެއިނެބަލް ބިލްޑް އެންވަޔަރަންމަންޓް
- ޕަރސްޕެކްޓިވްސް އޮން ލީގަލް އިނޮވޭޝަން އެންޑް ރިފޯމް
- ކޮލަބޮރޭޝަން އިން އަރޓްސް އެންޑް ހިއުމަނިޓީސް
- ރީސަރޗް ސަސްޓެއިނަބަލް ޓޫރިޒަމް ޑިވެލޮޕްމަންޓް ތްރޫ ކޮލަބޮރޭޝަން
- އިންޓަރގްރޭޓިވް ހެލްތްކެއަރ އެޕްރޯޗެސް
- ސޮލިއުޝަންސް ފޮރ ސަސްޓެއިނަބަލް އެންވަޔަރަންމަންޓް ސަސްޓެއިނެބިލިޓ
- ސައެންޓިފިކް ނޮލެޖް ފޮރ ޓޭންޖިބަލް އައުޓްކަމްސް އޯޝަން އެންޑް މެރިޓައިމް މެނޭޖްމަންޓް
ދިވެހިރާއްޖެއާއި ބައިނަލް އަޤްވާމީ ފަރާތްތަކުން ބޮޑު ތަރުހީބެއް ކޮންމެ އަހަރަކު ވެސް ލިބޭ މި ކޮންފަރެންސްގައި އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ހުށަހަޅާ ޕޭޕަރު ތަކުގެ ތެރެއިން "އައުޓް ސްޓޭންޑިންގ ޕޭޕަރ އޮފް ދަ ކޮންފަރެންސް" އަދި "އަރލީ ކެރިއަރ ރިސަރޗަރ" އެވޯޑް ހޮވާނެއެވެ.
ކޮންފަރެންސްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރެޖިސްޓްރީ ވުމުގެ މުއްދަތު އަންނަ އޮގަސްޓް މަހުގެ ތިން ވަނަ ދުވަހާ ހަމައަށް އޮތީ ހުޅުވާލާފައެވެ.
advertisment
ހިޔާލު