ފާއިތުވި 2023 ވަނަ ދިރާސީ އަހަރު، ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަންގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް މުޙައްމަދު ލޫޠު އިބްރާހިމް ޒިއާއު ހޯދައިފިއެވެ. އެ ސްކޫލުން ދެވަނަ ހޯދީ މަރިޔަމް މިންހާ މުފީދެވެ. ތިންވަނަ ހޯދީ އަލީ ސައުދާން ޝާހީންއެވެ.
އެއްވަނަ ހޯދި ލޫޠްއަކީ ސީއެޗްއެސްއީގެ ސީނިއަރ ޕްރިފެކްޓެކެވެ. އަދި އޭނާ ވަނީ އޭލެވެލްގެ ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ އަދި ހިސްޓްރީން މުޅި ދުނިޔެއިން އެއްވަނަ ހޯދާފައެވެ.
ދެވަނަ ހޯދި މިންހާއަކީ ފާއިތުވި އަހަރު ސީއެޗްއެސްއީގެ ޑެޕިއުޓީ ކެޕްޓަނެވެ. ތިން ވަނަ ހޯދި ސައުދާން ވަނީ އޭލެވެލްގެ ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައެވެ.
2023 ވަނަ އަހަރު އޭލެވެލް އިމްތިޙާނުގައި 344 ދަރިވަރުން ބައިވެރިވެ 120 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. ޤައުމީ ގަދަ ދިހައެއްގެ އެއް ވަނައިގައި ހަ ދަރިވަރުން ހިމެނުނުއިރު، ހައި އެޗީވާސް އެވޯޑް 44 ދަރިވަރުންނަށް ލިބިފައިވެއެވެ.
ސީއެޗްއެސްއީގައި ފާއިތުވި އަހަރު 1073 އެއްހާ ދަރިވަރުން ކިޔެވިއެވެ.
advertisment
ހިޔާލު