ދެވަނަ ޓާމުގައި އެމްއެންޔޫއިން ފަށާ ކޯސްތަކުގެ މުއްދަތު އަންނަ ބުރާސްފައްޗަށް ހަމަވާނެ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ދެވަނަ ޓާމަށް ހުޅުވާލި ކޯސްތަކުގެ މުއްދަތު އަންނަ ބުރާސްފައްޗަށް ހަމަވާނެއެވެ.

ދެވަނަ ޓާމުގައި އަލަށް ފަށަން އިއުލާން ކުރި ކޯސްތަކުގެ ތެރޭގައި ބިޒްނަސް ސްކޫލުން ހުޅުވާލި ބެޗްލަރ އޮފް ސްޓެޓިސްޓިކްސް ކޯހާއި ފައުންޑޭޝަން ސްޓަޑީޒްއިން ކުރިއަށް ގެންދާ ސެޓްފިކެޓް 3އިން ފައުންޑޭޝަން ކޯސް ހިމެނެއެވެ.

ދެވަނަ ޓާމުގައި ކިޔަވައިދޭން 87 ކޯހަކަށް އެމްއެންޔޫއިން އިއުލާން ކުރިއެވެ. އެއީ:

އެޑްވާންސް ސެޓްފިކެޓްގެ 15 ކޯސް

ޑިޕްލޮމާގެ ހަތް ކޯސް

އެޑްވާންސް ޑިޕްލޮމާގެ ހަ ކޯސް

ބެޗްލަރސް ޑިގްރީގެ 46 ކޯސް

މާސްޓަރސްގެ 13 ކޯސް

އެމްއެންޔޫއިން ބުނީ، މެރިޓް އުޞޫލުން ހިންގާ ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންގެ ސެލެކްޝަން ކުރިއަށް ދަނީ މި މަހުގެ 25 ވަނަ ދުވަހުގެ ފަހުންނެވެ. މެރިޓް އުޞޫލުން ދަރިވަރުން ނަގަން ނިންމާފައި ވަނީ ހަތަރު ކޯހަކަށެވެ. އެއީ:

އެޑްވާންސް ސެޓްފިކެޓް އިން ނަރސިންގ

އެޑްވާންސް ސެޓްފިކެޓް އިން ނަރސިންގ (ބީ)

ބެޗްލަރ އޮފް ނަރސިންގ (ބީއާއި ސީ)

ބެޗްލަރ އޮފް ފިޒިއޮތެރަޕީ

އެމްއެންޔޫއިން ބުނީ، މި ކޯސްތަކަށް ޝައުޤުހުރި ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *