ސައުދީގެ ޔުނިވަރސިޓީއަކުން ޢަރަބި ބަސް ކިޔަވައިދޭ ސެންޓަރެން ޤާއިމް ކުރަނީ

ސައުދީ އަރަބިއްޔާގެ އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީ އިން ރާއްޖޭގައި "އަރަބިކް ލޭންގްއޭޖް އިންސްޓިޓީއުޓް" އެއް ޤާއިމް ކުރަން މަޝްވަރާ ކޮށްފިއެވެ. މިކަމާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތިދުވަހު، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއެކު މަޝްވަރާތަކެއް ވަނީ ބާއްވާފައެވެ.

މި ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، މިނިސްޓްރީގެ ދެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ، އަޙްމަދު ޝަފީއު އަދި ޑރ. އަބްދުﷲ ނަޒީރެވެ. އަދި އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު ޔުނިވާރސިޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ޔުނިވާސިޓިގެ ވެރިންނެވެ.

މި ބައްދަލުވުމުގައި، މި މަރުކަޒުގެ ރަޖިސްޓްރީގެ މަސައްކަތާއި މޯލްޑިވިސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ކޯސް އެކްރެޑިޓްކުރުމާ ގުޅުން ހުރި މަޢުލުމާތު ވަނީ އެ ޔުނިވަރސިޓީން ހޯދާފައެވެ.

އަރަބިކް ލެންގުއެޖް އިންސްޓިޓިއުޓްގެ ނަމުގައި އަރަބި ބަސް ކިޔަވައިދިނުމައްޓަކައި އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީ އިން ދިވެހި ރާއްޖޭގައި ހުޅުވުމަށް ހަމަޖެހިފައިވާ އިންސްޓިއުޓް ރަޖިސްޓްރީކުރުމުން ދިވެހިރާއްޖެއާއި ސަޢުދި އަރަބިއްޔާއާއި ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާނެކަން ވެސް މި ބައްދަލުވުމުގައި ދެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *