ދެ ނަމާދު ދޭތެރޭގައި މިސްކިތްތަކުގައި ޤާރީ ކުލާސްތައް ހިންގަން ހުއްދަ ދެނީ

މަޤްރިބު ނަމާދާއި އިޝާނަމާދާ ދޭތެރޭގައި މިސްކިތްތަކުގައި ޤާރީ ކުލާސްތައް ހިންގަން ހުއްދަ މި ހަފުތާގެ ތެރޭގައި ދޭން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި، މިނިސްޓަރު ވިދާޅުވީ، ޤާރީ ކުލާސް ހިންގަން ހުއްދަ ދޭއިރު، މި ކުލާސްތަކުގައި އިމާމުންނާއި ޤުރުއާން މުދައްރިސުންނަށް ހިލޭ ސާބަހަށް ޤުރުއާން ކިޔަވައިދޭން ދަސްކޮށްދީ ހެދޭނެ ކަމަށެވެ. މިކަމަށް ޝަޢުޤުހުރި ފަރާތްތަކުން ފޯމް ހުށަހެޅުމަށް މި ހަފްތާގައި ހުޅުވާލާނެ ކަމަށް ވެސް މިނިސްޓަރު ޑރ. ޝަހީމް ލިޔުއްވާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *