ދިވެހިރާއްޖޭގެ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ވަނަތައް އިއުލާންކޮށްފިއެވެ. ބުދަ ވިލޭރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެއްމެ މުހިންމު ވަނަތަކަށް އިނާމް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.
36 ވަނަ ޤުރުއާން މުބާރާތުން ބަލައިގެން ކިޔެވުމުން އެއްވަނަ ހޯދީ، ކެލާ ޔޫތްފޯރަމުގެ ފަރާތުން ބައިވެރިވި ޔައީޝް މުޙައްމަދު ނިޔާޒެވެ. އޭނާ ބައިވެރިވީ 15 ފޮތުގެ ބައިގައެވެ. ނުބައިލައި ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދީ، ތާޖުއްދީން ސްކޫލުގެ ޢާއިޝަތު ޝައިބާ އަޙްމަދެވެ. ހާފިޒުންގެ ބައިން އެއްވަނަ ހޯދީ އިސްކަންދަރު ސްކޫލުގެ ފާޠިމަތު ޝާޔާ ޒާހިރެއެވެ. މުއައްސަސާތަކުގެ ބައިން އެއްވަނަ ހޯދީ އިސްކަންދަރު ސްކޫލެވެ. ދެވަނަ ހޯދީ އަމީނިއްޔާ ސްކޫލުންނެވެ. ތިންވަނަ ހޯދީ އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލެވެ.
މުބާރާތުގެ ބައެއް ވަނަތައް:
ބަލައިގެން ކިޔެވުމުން ތިންވަނަ : ޒާމިން އަބްދުﷲ ޚަލީލު އިސްކަންދަރު ސްކޫލް
ބަލައިގެން ކިޔެވުމުން ދެވަނަ: އަޙްމަދު ޟޯމިޙް އައްޔޫބު، އަމީނިއްޔާ ސްކޫލް
ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ: ޔަޢީޝް މުޙައްމަދު ނިޔާޒް، ކެލާ ޔޫތް ފޯރަމް

ނުބަލައި ކިޔުމުގެ ގޮފިން ތިންވަނަ މަލްކާ މުޙައްމަދު ހަބީބު، ފޭދޫ ސްކޫލް
ނުބަލައި ކިޔުމުގެ ގޮފިން ދެވަނަ : އުވައިސް ބިން އިނާސް އަޙްމަދިއްޔާ
ނުބަލައި ކިޔުވުމުގެ ގޮފިން އެއްވަނަ: ޢާއިޝަތު ޝައިބާ އަޙްމަދު، ތާޖުއްދީން ސްކޫލް
އަތޮޅު ކައުންސިލުގެ ބައި:
ބަލައިގެން ކިޔުމުގެ ގޮފިން ތިންވަނަ: ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް
ބަލައިގެން ކިޔުމުގެ ގޮފިން ދެވަނަ: މާލެއަތޮޅު ކައުންސިލް
ބަލައިގެން ކިޔުމުގެ ގޮފިން އެއްވަނަ: އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް
ނުބަލައިގެން ކިޔުމުގެ ގޮފިން ތިންވަނަ: މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް
ނުބަލައިގެން ކިޔުމުގެ ގޮފިން ދެވަނަ: ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް
ސިޓީ ސްކޫލްތަކުގެ ބައި:
ބަލައިގެން ކިޔުމުގެ ގޮފިން ތިން ވަނަ: ޖަލާލުއްދީން ސްކޫލް.
ބަލައިގެން ކިޔުމުގެ ގޮފިން ދެ ވަނަ: އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް
ބަލައިގެން ކިޔުމުގެ ގޮފިން އެއްވަނަ: އިސްކަންދަރު ސްކޫލް
ނުބަލައި ކިޔުމުގެބައިން ތިން ވަނަ: އަޙްމަދިއްޔާ ސްކޫލް
ނުބަލައި ކިޔުމުގެބައިން ދެ ވަނަ: އަރަބިއްޔާ ސްކޫލް

މުބާރާތުގައި ބައިވެރިވި ހުރިހާ މުއައްސަސާތަކުގެ ތެއިން:
ތިންވަނަ: އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް
ދެވަނަ: އަމީނިއްޔާ ސްކޫލް
އެއްވަނަ: އިސްކަންދަރު ސްކޫލް
advertisment
ހިޔާލު