ފާއިތުވި ދިރާސީ އަހަރު، އިމާދުއްދީން ސްކޫލުން އެއްވަނަ ޙަނާންއަށް ދެވަނަ ނީމްއަށް ތިންވަނަ މިޝްޢަލް އަށް

ފާއިތުވި 2022-2023 ވަނަ އަހަރު އިމާދުއްދީން ސްކޫލުން އެންމެ މޮޅު ދަރިވަރަކަށް ޙަނާން އަބްދުލް ޙައްނާން ހޯދައިފިއެވެ. ދެވަނަ ހޯދީ ނީމް އިބްރާހިމެވެ. ތިންވަނަ ހޯދީ މުޙައްމަދު މިޝްޢަލް އާޒިމެވެ.

މިރޭ އިމާދުއްދީން ސްކޫލުގައި ބޭއްވި އިނާމް ދިނުމުގެ ހަފުލާ ޝަރަފުވެރިކޮށް ދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ.

އިމާދުއްދީން ސްކޫލުން އެއްވަނަ ހޯދި ޙަނާން ވަނީ، އެ ސްކޫލުގެ އަންހެން ކެޕްޓަން ކަމާއި އަލިމަސް ހައުސްގެ ޑެޕިއުޓީ ކެޕްޓަންކަމާއި ޕްރިފެކްޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. ސިވިލްއިންޖިނިއަރިންގ ދާއިރާއިން ކުރިއަށް ދާން މަސައްކަތް ކުރަމުންދާ ހަނާން ވަނީ ފާއިތުވި ދިރާސީ އަހަރު ސާނަވީ އިމްތިޙާނުން ޤައުމި ގަދަ ދިހައެއްގެ ތިންވަނަ ހޯދާފައެވެ.

ދެވަނަ ހޯދި ނީންވަނީ ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯދާފައެވެ.

ތިންވަނަ ހޯދި މިޝްޢަލް، ކީ ފާއިތުވި އަހަރު އިމާދުއްދީން ސްކޫލުގެ ފިރިހެން ކެޕްޓަނެވެ. އަދި އޭނާ ވަނީ ޔާގޫތު ހައުސްގެ ޑެޕިއުޓީ ކެޕްޓަންގެ ޒިންމާ އަދާކޮށްފައެވެ. ފެތުމުގެ މުބާރާތްތަކުން ރާއްޖޭގައި ފަޚުރުވެރި ކާމިޔާބީތަކެއް ހޯދާފައިވާ މިޝަލް ވަނީ ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯދާފައެވެ.

ރޭގެ ޖަލްސާގައި އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލީ މަމްދޫޙް ވިދާޅުވީ، އިމާދުއްދީން ތަފާތުވާނެ ކަމަށާއި އިމާދުއްދީނުން ދަނީ އެތައް އަރުތައެއް ޙާޞިލްކުރަމުން ކަމަށެވެ.

" އެކަން ސާބިތުކޮށްދޭ ކުޑަކުޑަކަމަކީ ހަމައެކަނި ޕާސް ޕަސެންޓޭޖަށް ބަލާލިޔަސް އަޅުގަނޑުމެންގެ ގުރާފް ވޭތުވެދިޔަ ހަތަރު އަހަރު ދާނީ މައްޗަށް. މި ސްޓޭޖުން ނެޝަނަލް ޓޮޕްޓެންގެ ކުދިންގެ އަދަދުން ބަލާލި ކަމުގައި ވިޔަސް ނުވަޔަކުން އެގާރައިން އެކާވީހުން މިރޭ 25 ކުދިން އިނާމް ޙާޞިލްކުރާނެ" ޕްރިންސިޕަލް މަމްދޫޙް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *