ދިވެހިބަހުގެ ދުވަހާ ގުޅިގެން ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން, މުއައްސަސާތަކުގެ މުވައްޒަފުންނަށް ބޭއްވި އަތުލިޔުމުގެ މުބާރާތުގެ ރީތިލިޔުމުން އެއްވަނަ ޞަލާޙުއްދީން ސްކޫލުން ހޯދައިފިއެވެ.
މި މުބާރާތުގެ ވަނަތަކަށް އިނާމް ދިނުން އޮތީ ލިޔުންތެރިންގެ ދުވަސް ފާހަގަ ކުރަން ރޭ އަޙްމަދިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުބާރާތުން އެންމެ މަތީ ވަނަތައް ހޯދި އޮފީސްތަކަށް އިނާމް ދެއްވީ ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލެވެ.
ރީތިލިޔުމުގެ ބައިން ދެވަނަ ހޯދީ އަމީނިއްޔާ ސްކޫލުންނެވެ. ތިންވަނަ ހޯދީ ރެހެންދި ސްކޫލުންނެވެ. އަވަސް ލިޔުމުގެ ބައިން އެއްވަނަ ހޯދީ ޕީޖީ އޮފީހުންނެވެ. ދެވަނަ ހޯދީ ކ. އަތޮޅު މަދަރުސާއިންނެއެވެ. ތިންވަނަ ހޯދީ އަމީނިއްޔާ ސްކޫލުންނެވެ.
ދިވެހި ބަހުގެ އެކެޑަމީން ސަރުކާރުގެ އޮފީސްތަކަށް ހުޅުވާލި އަތުލިޔުމުގެ މުބާރާތުގައި 80 އޮފީހަކުން 355 ފަރާތަކުން ބައިވެރިވިއެވެ.
advertisment
ހިޔާލު