ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުން 2022-2023 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް މުޙައްމަދު ޒިޔާން ހަސަން ހޯދައިފިއެވެ.
ހދ. އޭއީސީ އަހަރީ އިނާމް ދިނުމުގެ ޖަލްސާ އޮތީ ރޭ އެ ސްކޫލުގައެވެ. އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ވަޒީރުގެ ނައިބު ޝަހީދާ އަލީއެވެ.
އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ޒިޔާން، އަކީ 2022-2023 ވަނަ އަހަރު ސާނަވީ އިމްތިޙާނުގައި ފަސް މާއްދާއިން އޭ ދެ މާއްދާއިން އޭ ސްޓަރ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ އަށްވަނަ ހޯދި ދަރިވަރެކެވެ. އޭނާއަކީ އެ އަހަރު އެ ސްކޫލުގެ ވައިސް ކެޕްޓަނެވެ. އަދި އޭނާއަކީ ކިޔެވުމާއި ހުރިހާ ގޮތަކުން އެންމެ މޮޅު ސްކައުޓް ވެސް މެއެވެ.

އެއްވަނަ މަޤާމް ލިބުމަށްފަހު، ޒިޔާން ބުނީ، ގުރޭޑް ނުވައެއްގައި އުޅެނިކޮށް، އެހެން ސްކޫލްތަކެއްގެ ކުދިބަޔަކަށް ވަނަތައް ލިބުނު ޚަބަރެއް މަންމަ ހިއްސާކޮށް، އެފަދަ ވަނައެއް ހޯދަން އެދުނުކަމަށާއި މަންމަގެ އެ އެދުން ޙާޞިލްކޮށްދޭން ގަދައަޅައި މަސައްކަތް ކުރި ކަމަށެވެ.

ޒަޔާން ބުނީ، ރޭގަނޑާއި ފަތިހު ފިލާވަޅު ދަސްކުރަން ޚާއްޞަ ސަމާލުކަމެއް ދިން ކަމަށާއި ކިޔަވަން އެންމެ ފަސޭހަ ގޮތެއް ކަމަށް އޭނާއަށް ފެނުނީ އެހެން ކުދިންނަށް ކިޔައި ދިނުން ކަމަށެވެ.
ޕާސްޓް ޕޭޕަރުތައް ހަދައި ނޭނގޭއެއްޗެއް އޮވެއްޖެނަމަ ޓީޗަރުންގެ ކައިރިން އަހައި އޮޅުންފިލުވުގެ އިތުރުން ޔޫޓިއުބު އެހީ ވެސް ހޯދި ކަމަށް ޒިޔާން ބުންޏެވެ.'
ޒިޔާންއަކީ ކިޔަވަމުން ސްކޫލުގެ ގިނަ ހަރަކާތްތަކުގައި ބައިވެރިވި ނަމޫނާ ދަރިވަރެކެވެ. އެންމެ ކުޅޭ ހިތުން އޭނާ ކުޅެނީ ފުޓްބޯޅައެވެ.
advertisment
ހިޔާލު