ޖަމާލުއްދީން ސްކޫލުގެ ކެޕްޓަނުންނަށް އިސްމާއިލް ޒާއިންއާއި ފާތިމަތު ސާރާ ނަޒީރު ހޮވައިފިއެވެ.
ޖަމާލުއްދީން ސްކޫލުގެ އިސްމަޤާމް ތަކަށް ހޮވި ދަރިވަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދު އެ ސްކޫލުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްލަތީފު މުޙައްމަދެވެ.

ޑެޕިއުޓީ ކެޕްޓަނުންނަށް ހޮވީ، ޔަލްސަން އަޙްމަދު ރިޒާއާއި އަނާން ބިންތި މުޙައްމަދު ނިޔާޒެވެ. އެކްޓިވިޓީ ކެޕްޓަނުންނަކީ ޖީނާ މުޙައްމަދު ޖަވާދު ޔޫސުފާއި ފާތިމަތު ތަނާލް ޒިޔާދެވެ.


ޖަމާލުއްދީން ސްކޫލުގެ ހައުސް ކެޕްޓަނުންނަށް ހޮވި ދަރިވަރުން:
ރާއިދު އަބްދުﷲ އަޙްމަދު – ބުރަކިރަނި ހައުސް ކެޕްޓަން
މައުވާ މުޙައްމަދު ރާޝިދު- ބުރަކިރަނި ހައުސް ޑެޕިއުޓީ ކެޕްޓަން
މުޙައްމަދު ނަބީޙް ނަޒުމީ- ކޮއިމަލާ ހައުސް ކެޕްޓަން
އައިޝަތު ޝިނާ ޝަފީޤު- ކޮއިމަލާ ހައުސް ޑެޕިއުޓީ ކެޕްޓަން
އައިޝަތު ރީމް އަބްދުއްރަޝީދު – ސިއްތިމާވާ ހައުސް ކެޕްޓަން
ހާދު އަލީ ނަސީފު- ސިއްތިމާވާ ހައުސް ޑެޕިއުޓީ ކެޕްޓަން
އާމިނަތު ޔުއިން މާހިރު- ތުއްކަލާ ހައުސް ކެޕްޓަން
މުޙައްމަދު އަޔާން އަޙްމަދު ސައީދު- ތުއްކަލާ ހައުސް ޑެޕިއުޓީ ކެޕްޓަން
ކުލަބުތަކުގެ އިސްދަރިވަރުން:
ފާޒު އަޙްމަދު ސައުދު- އިންގްލިޝް ލިޗްރަރީ އެސޯސިއޭޝަންގެ ރައީސް
އައިޝަތު ޒާރާ ޝާހިލް – އިންގްލިޝް ލިޗްރަރީ އެސޯސިއޭޝަންގެ ނާއިބު ރައީސް
އަތުފާ އަޙްމަދު ނަޞީރު- ދިވެހި ލިޗްރަރީ އެސޯސިއޭޝަންގެ ރައީސް
އައިޝަތު ނައުޝީން ނަޝީދު – ދިވެހި ލިޗްރަރީ އެސޯސިއޭޝަންގެ ނާއިބު ރައީސް
ޝީން ބިންތު މުޙައްމަދު- އެންވަޔަރަމަންޓް އެސޯސިއޭޝަންގެ ރައީސް
މުޙައްމަދު ލޫޠު އިސްމާއިލް- އެންވަޔަރަމަންޓް އެސޯސިއޭޝަންގެ ނާއިބު ރައީސް
ދަރިވަރުން ހުވާކުރެއްވުމަށްފަހު، ޝަރަފުވެރިމެހުމާން އަބްދުއްލަތީފު ދަރިވަރުންނާ މުޙާޠަބު ކުރައްވައި ވިދާޅުވީ، ސުކޫލު ދައުރުގައި އުނގެނުމާއި އިތުރު ހަރަކާތުގައި އުޅެންޖެހުމުން އަމިއްލަ ނުފުސަށް އިތުބާރު ލިބި މުޢާމަލާތް ކުރުމުގެ ހުނަރު އިތުރުވާކަން ފާހަގަކުރެއްވިއެވެ.

މިއަދު ދަރިވަރުންނަށް ލިބުނީ ޝަރަފެއް އެކަނިނޫން ކަމާއި ޝަރަފާއެކި ޒިއްމާތަކާއި އަސްއޫލިއްޔަތު ތަކެއް ވެސް ދަރިވަރުންނަށް އަދާކުރަން ޖެހޭކަން ހަނދާކޮށްގެން އެހެން ދަރިވަރުންނަށް ނަމުނާ ދަރިވަރުންނަށް ވުމަށް ވެސް އިލްތިމާސްކުރެއްވިއެވެ.
އެންމެ ފުރަތަމަ ތިމާގެ އަމިއްލަ ނަފުސު ތަރައްގީ ކުރުން ހިމެނޭއިރު، އުޅޭ މާހައުލާއި ކުލާސްރޫމް ސާފުކޮށް ރީތިކޮށް ބޭއްވުމަކީ ދަރިވަރުންގެ ޒިއްމާގެ ބައެއްކަމާއި އުޅޭތަން ހަޑިކޮށް ނުސާފުކުރުމަކީ ނާތަހުޒީބު އަމަލެއް ދަރިވަރުންނަށް ހަނދާންކޮށް ދެއްވިއެވެ.
ނާމޫނާ ދަރިވަރަކަށް ވުމަށާއި މައިންބަފައިންނާއި މުދައްރިސުން އަދި އެކުވެރިންނަށް އިހުތިރާމް ކުރުމަށް ޑރ./ އަބްދުއްލަތީފު ވަނީ ދަރިވަރުންނަށް ބާރުއަޅުއްވާފައެވެ.
advertisment
ހިޔާލު