އިސްލާމީ ޝަރީއަތާ ގުޅުން ހުރި ހަ ފޮތެއް ދިވެހި ބަހަށް ތަރުޖަމާ ކުރަނީ

އިސްލާމީ ޝަރީއަތާ ގުޅުން ހުރި ހަ ފޮތެއް ދިވެހި ބަހަށ ތަރުޖާމާ ކުރަން ބޭނުން ވެގެން އިސްލާމިކް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

އަރަބި ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރަނީ އިސްލާމީ ޝަރީއަތާ ގުޅޭ ގޮތުން ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި ދީނީ ދާއިރާތަކުން ކިޔަވާ ފަރާތްތަކަށް ބޭނުންވާ އިސްލާމީ އިލްމުގެ ވަރަށް މުހިންމު ރެފެރެންސް ފޮތްތަކެއް ކަމަށް އިސްލާމިކް މިނިސްޓަރު ވަނީ ވިދާޅުވެފއެވެ.

ވަކިވަކި މީހުނާއި ޓީމުތަކާއި ކޮލެޖުތަކާއި ދިރާސާކުރާ އެކި މަރުކަޒުތަކަށް ވެސް ތަރުޖަމާ ކުރުމުގައި ބައިވެރިވެވޭނެ ކަމަށާއި، ތަރުޖަމާ ކުރާ ފަރާތަކީ ދީނީ ވަޢުޒު ވިދާޅުވުމަށް އިސްކާމިކް މިމިނިސްޓްރީން ހުއްދަ ދީފައިވާ ޢިލްމުވެރިން ކަމުގައިވާންޖެހެއެވެ.

ތަރުޖަމާކުރަން ބޭނުންވާ ފަރާތްތަކުން އަންނަ ހޮނިހިރު ދުވަހުގެ 15:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީކުރަން ޖެހެއެވެ. ބީލަން ހުށައަޅަން ޖެހެނީ އަންނަ ބުރާސްފަތި ދުވަހުގެ 11:00 އަށެވެ.

ބީލަމުގައި ހިމަނާފައިވާ މައުލޫމާތު ކަރުދާހުން އެނގޭގޮތުގައި ތަރުޖަމާކުރުމުގައި ވަކި ފަރާތަކަށް ނުވަތަ މުއައްސަސާއަކަށް ދެ ފޮތަށް ވުރެ ގިނައިން ޙަވާލު ނުކުރާނެއެވެ. މަސައްކަތްތައް ޙަވާލުކުރުމުގައި ޢިލްމީ ޤާބިލުކަމާއި މިފަންނުގެ މަސައްކަތުގެ ތަޖުރިބާއަށް ބަލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ތަރުޖަމާ ކުރަންޖެހޭ ސަފްޙާއަކަށް ވަކިން އަގު ހުށަހަޅަންޖެހޭއިރު، ތަރުޖަމާކުރަން ހުޅުވާލި ހަ ފޮތުގައި 2985 ސަފްޙާ ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *