ސަމާލުވޭ! ފައިސާ ދައްކަން ބުނެ ސްކޮލަރޝިޕަށް ހޮވުނު ދަރިވަރުންނަށް ސެކޭމް ކޯލު ތަކެއް

ލޯނާއި ސްކޮލަރޝިޕަށް ހޮވުނު ދަރިވަރުންނަށް އެއްވެސް ކަމަކަށް ފައިސާ ދައްކަން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ނުގުޅާނެ ކަމަށް ބުނެ، އެފަދަ ކޯލުތަކާއި މެސެޖްތަކަށް ސަމާލުވުމަށް އެ މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

" ލޯނާއި ސްކޮލަރޝިޕަށް ހޮވުނު ދަރިވަރުންނަށް އެއްވެސް ކަމަކަށް ފައިސާ ދައްކަން މިނިސްޓްރީއަކުން ނުގުޅާނެ. މިފަދަ ފޯން ކޯލެއް އަތުވެއްޖެނަމަ އެއީ ސްކޭމް ކޯލެއް" ދަރިވަރުންގެ ސަމާލުކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައިވެއެވެ.

" ވީމާ މިފަދަ ކޯލު ނުވަތަ މެސެޖްތަކަށް ސަމާލުވެ، އެއްވެސް ދަރިވަރަކު ފައިސާއާ ފުޅޭ އެނޫން މައުލޫމާތު ހިއްސާ ނުކުރުމަށް އިލްތިމާސް ކުރަން"

މިއަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލި 1709 ފަރާތުގެ ތެރެއިން 1153 ފަރާތެއް ޝަރުޠު ހަމަވާ ކަމަށް ވަނީ ނިންމާފައެވެ. މިފަދަ އިލްތިމާސެއް އެ މިނިސްޓްރީން ކުރިއިރު، ލޯނަށް ހުޅުވާލުމުން ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުސަތު މިދިޔަ މަހުގެ 25ގައި ހަމަވެ، 200 ވުރެ ގިނަ ޝަކުވާ ވަނީ ހުށަހަޅާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *