ފާއިތުވި ދިރާސީ އަހަރު ތ. ކިނބިދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް މުޙައްމަދު ރަޔާން އިބާދުﷲ ހޮވައިފިއެވެ.
އެ ސްކޫލުގައި ބޭއްވި އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ އެ އަތޮޅު އޮމާދޫ ސްކޫލުގެ ޕްރިންސިޕަލް ޝަހީރާ ހުސައިނެއެވެ.

ފްރިފެކްޓެއްގެ އިތުރުން ސީނިއާ ޕްރިފެކެޓެއްގެ ގޮތުން މަސައްކަތް ކުރި ރަޔާން އަކި، ފާއިތުވި ދިރާސީ އަހަރު ކިނބިދޫ ސްކޫލުގެ ކެޕްޓަނެވެ. އޭގެ ކުރީ އަހަރު ޑެޕިއުޓީ ކެޕްޓަނެވެ.
ރަޔާންގެ ބައްޕަ ބުނީ، ރަޔާންއަކީ އޭނާއަށް އެނގިފައިވާ އެއްޗެއް އެހެން ކުދިންނަށް އަންގައިދީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ލޯބިކުރާ، ބަސްއަހާ ކިޔަމަންވެރި ކުއްޖެއް ކަމަށެވެ.
އިނާމު ދިނުމުގެ ރަސްމިއްޔާތުގައި، ކިނބިދޫ ކައުންސިލުން ދޭ މުޙައްމަދު ނަޞީރު އެވޯޑް ލިބުނު ދެ ދަރިވަރުންގެ ތެރެއިން އެއް ދަރަކީ ވެސް ރަޔާނެވެ. ދެން އެވޯޑް ލިބުނީ އޯލެވެލްގެ ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު އާދަމް ފަސީހު ފަތުހުﷲއަށެވެ.

އޭނާ ދިޔައީ ޤައުމީ ގަދަ ދިހައެއްގެ ދިހަ ވަނައަށެވެ.
advertisment
ހިޔާލު