ތޮއްޑޫ ސްކޫލުގެ ދަރިވަރުންނަށް ނޫސްވެރިކަމުގެ ތަމްރީނު ސެޝަނެއް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ތޮއްޑޫ ސްކޫލް މީޑިއާ ކްލަބް ގުޅިގެން ތޮއްޑޫ ސްކޫލްގެ ދަރިވަރުންނަށް ނޫސްވެރުކަމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި އެ ސްކޫލުގެ ގްރޭޑް 8،9،10 ގެ ދަރިވަރުން ބައިވެރިވިއެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް މީޑިއާ ކައުންސިލުން ކުރިއަށް ގެންދާ " ސްޓޫޑެންޓް ޖާރނަލިޒަމް ޕްރޮގްރާމް" ގެ ދަށުން ތޮއްޑޫ ސްކޫލުގެ ދަރިވަރުންނަށް ޚަބަރު، ރިޕޯޓް ލިޔުމާއި އިންޓަވިއު ސްކިލްސް އަދި ފޮޓޯ ޖާނަލިޒަމްއާއި ގުޅޭ ގިނަ މަޢުލޫމާތުތަކެއް ވަނީ ފޯރުކޮށްދީފައެވެ.

މި ތަމްރީނު ސެޝަނުގައި މައުލޫމާތު ދެއްވީ ތަޖުރިބާކާރު ނޫސްވެރިންނެވެ.

މީޑިއާ ކައުންސިލުން ދަނީ މިފަދަ ތަމްރީނު ދިނުމުގެ ސެޝަންތަކެއް އެކި ސްކޫލްތަކުގައި ހިންގަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *