ހިރިޔާގެ ކެޕްޓަނަކަށް އާލިފު، ޑެޕިއުޓީންނަށް ޔައީޝްއާއި ޔާސްމީން

ހިރިޔާ ސްކޫލުގެ އިސްދަރިވަރުން ހުވާކޮށްފިއެވެ. ދަރިވަރުން ހުވާކުރަން ބޭއްވި ރަސްމިއްޔާތު އޮތީ މި މަހުގެ ހަތަރުވަނަ ދުވަހު އެ ސްކޫލުގައެވެ. ޝަރަފުވެރިކޮށްދެއްވީ އިސްލާމިކު ޔުނިވަރސިޓީގެ ޑީން ޑރ. ފާތިމަތު މުނާއެވެ.

ހިރިޔާ ސްކޫލުގެ ކެޕްޓަނަކަށް ހޮވުނީ ގުރޭޑް 10ގެ އަބްދުﷲ އާލިފު އަބްދުލް މުހުސިންއެވެ. ޑެޕިއުޓީ ކެޕްޓަނުންނަށް ހޮވުނީ ގުރޭޑް ނުވައެއްގެ ޔައީޝް އިބްރާޙިމް މުޙައްމަދު އަދި ޔާސްމީން ތޯހާ ހުސައިނެވެ.

ހިރިޔާ ސްކޫލުގެ ސްޓޫޑެންޓް ލީޑަރުންގެ ގޮތުގައި 99 ދަރިވަރުން މިފަހަރު ހުވާ ކުރިއެވެ. އެއީ ކެޕްޓަނާޢި ޑެޕިއުޓީ ކެޕްޓަނުންނާއި ގޭމްސް ކެޕްޓަނާއި ޑެޕިއުޓީ ގޭމްސް ކެޕްޓަނުންނާއި ހައުސްތަކުގެ ކެޕްޓަނުންނާއި ހައުސްތަކުގެ ޑެޕިއުޓީ ކެޕްޓަނުންނާއި ހައުސްތަކުގެ ގޭމްސް ކެޕްޓަނުންގެ އިތުރުން ޑެޕިއުޓީ ގޭމްސް ކެޕްޓަނުންނެވެ. މީގެ އިތުރުން ޕްރިފެކްޓަރުންނާއި ޔުނީފޯމް ހަރަކާތްތަކުގެ ލީޑަރުންނާއި ކުލަބު ތަކުގެ ރައީސުންނާއި ސެކެރެޓަރީން ވެސް ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *