އިސްކަންދަރު ސްކޫލުން އެއްވަނަ ސާއިބްއަށް، ދެވަނަ ދާނިޔާއަށް ތިންވަނަ ރަނާންއަށް

ފާއިތުވި 2022-2023 ވަނަ އަހަރު އިސްކަންދަރު ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. އެ ސްކޫލުގައި ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ އެ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް، އެޑިޔުކޭޝަން މިނިސްޓްރީގެ ސެޓޭޓް މިނިސްޓަރު ހުސައިން ސައީދެވެ.

ފާއިތުވި ދިރާސީ އަހަރު އިސްކަންދަރު ސްކޫލުން އެއްވަނަ ހޯދީ ސާއިބް މުޙައްމަދު ޒަހީނެވެ. ދެވަނަ ހޯދީ މަރިޔަމް ދާނިޔާ އަގީލެވެ. ތިންވަނަ ހޯދީ އަޙްމަދު ރަނާން ރަމީޒެވެ.

އެއްވަނަ ހޯދި ސާއިބް، އޯލެވެލްއިން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދިއެވެ. އަދި އޭނާއަކީ އެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ.

ދެވަނަ ހޯދި ދާނިޔާ، އޯލެވެލްއިން ޤައުމީ ގަދަ ދިހައެއްގެ ހަ ވަނަ ހޯދިއެވެ. ދާނިޔާއަކީ ފާއިތުވި އަހަރު އެ ސްކޫލުގެ ކެޕްޓަނެވެ.

ތިންވަނަ ހޯދި ރަނާން، އޯލެވެލްއިން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދިއެވެ. އަދި އޭނާއަކީ ފާއިތުވި އަހަރު އިސްކަންދަރު ސްކޫލުގެ ޑެޕިއުޓީ އެކްޓިވީޓީސް ކެޕްޓަނެވެ.

ފާއިތުވި އަހަރު، އެ ސްކޫލުގެ 171 ދަރިވަރުން އޯލެވެލްގައި ބައިވެރިވެ 49 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނެވެ. އެއް ސްކޫލަކަށް އެންމެ ގިނަ ދަރިވަރުން އޯލެވެލްގެ ޤައުމީ ގަދަ ދިހައެއްގައި ހިމެނުނީ ވެސް އެ ސްކޫލުންނެވެ.

ފާއިތިވި އަހަރުގެ ނަތީޖާއަށް ބަލާއިރު، ފަސް މާއްދާއިން ފާސްވި އިންސައްތަ 80 އަށް މަތިވެފައިވާއިރު، އަށް މާއްދާއިން ފާސްވި އިންސައްތަ 60 އަށް މަތިވެފައިވެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *