ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރު ވުމުން ޔުނިވަރސިޓީއަކަށް ބަދަލުކުރެވޭ ގޮތް ހަދަނީ

ކޮލެޖެއް ހިންގާތާ ހިންގާ 15 އަހަރު ވުމުން ޔުނިވަރސިޓީއަކަށް ބަދަލުކުރެވޭ ގޮތް ހަދަން މަތީ ތަޢުލީމާ ބެހޭ ބިލަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށަހެޅުއްވީ، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއުއެވެ.

މީގެ ކުރިން ވެސް މިިފަދަ އިސްލާހެއް ގެންނަ ހުށައެޅިއެވެ. އެ ފަހަރު ހުށަހެޅީ މުއްދަތު 10 އަހަރަށް ކުރުކުރާށެވެ. އެ އިސްލާހު ކޮމިޓީ މަރުހަލާގައި އޭރު ފާހެއް ނުވިއެވެ.

މަތީ ތަޢުލީމުގެ ބިލުގައި މިހާރު އޮންނަ ގޮތުން ޔުނިވަރސިޓީއަކަށް ބަދަލުކުރަން ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި 20 އަހަރު ހިންގަން ޖެހެއެވެ.

އެ އިސްލާހުގައި އިތުރަށް ބުނެފައިވާ ޝަރުޠު ތަކުގެ ތެރޭގައި، ލެވެލް ހަތަކުން ފެށިގެން މަތީ ކޯސްތަކުގައި ކިޔަވާ ދަރިވަރުންގެ އަދަދު ހާހަކަށްވުރެ އިތުރުވުމާއި ލެވެލް ހަތަކުން ނުވައެއްގެ ކޯސްތަކުގެ ތެރެއިން މަދުވެގެން ތިން ދާއިރާއަކުން އަމިއްލަ ނުވަތަ ބޭރުގެ ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް އެ ކޮލެޖެއްގައި ހިންގަން ޖެހެއެވެ. ކޯސްތައް ހިންގާނެ ދާއިރާތައް ވެސް ކަނޑައަޅާފައިވެއެވެ.  އެއީ އާޓްސް އެންޑް ހިއުމަނިޓީޒް އާއި އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ އާއި ލައިފް ސައިންސް އެންޑް މެޑިސިން އާއި ނެޗުރަލް ސައިންސާއި ސޯޝަލް ސައިންސް ފަދަ ދާއިރާތަކެވެ.

އިތުރު ޝަރުޠު ތަކުގެ ތެރޭގައި، ބައިނަލްއަގުވާމީ ޔުނިވާސިޓީ ރޭޓިންއެއްގައި ބައިވެރިވެ ރޭޓް ކޮށްފައިވާ ކޮލެޖަކަށް ވުން ނުވަތަ އެފަދަ ރޭޓިންއެއްގެ ދަރަޖަ ކޮށްފައިވާ ޔުނިވާސިޓީއެއްގެ ޕްރޮގްރާމްތައް ހިންގާތާ ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވުމާއި  ޔުނިވާސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި އަދި ބައިނަލްއަގުވާމީ ކޮލިޓީ އެޝޫރަންސް ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި ބައިވެރިވިތާ މަދުވެގެން ފަސް އަހަރު ވާންޖެހެއެވެ.

އަދި ބައިނަލްއަގުވާމީ ފެންވަރަށް ރިސާޗް މަސައްކަތް ބޭރުގެ ޔުނިވާސިޓީތަކާ އެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވުމާއި އެކަޑެމިކް މުވައްޒަފުންގެ މަދުވެގެން 10 ޕަސެންޓަކީ ޕީއެޗްޑީ ހާސިލް ކޮށްފައިވާ މުވައްޒަފުންނަށް ވެސް ވާންޖެހެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *