ހަތް ދުވަހުގެ ތަމްރީނަކަށް 20 އިމާމުން ބުރޫނާއީއަށް ފޮނުވަނީ

ހަތް ދުވަހުގެ ތަމްރީނަކަށް 20 އިމާމުން ބުރޫނާއީއަށް ފޮނުވަން ނިންމައިފިއެވެ.

ރާއްޖޭގައި އިމާމުންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަނީ މި މަހުގެ 16އިން 22 އަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ އިމާމުންނަށް ވިސާއާއި ދިއުމާއި އައުމުގެ ޚަރަދު ފިޔަވައި އެހެން ހުރިހާ ޚަރަދެއް ކުރާނީ ބުރޫނާއީން ކަމަށެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުޠަކީ ޢަރަބި ބަހުން ލިޔަން ކިޔަން އެނގުމާއެކު ކަމާގުޅޭ ދާއިރާގައި މަސައްކަތް ކުރާ ފަރާތަކަށް ވުމެވެ. މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާން ޝަޢުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށައަޅަން ޖެހެނީ އޮންލައިން ފޯމު މެދުވެރިކޮށް އަންނަ ބުރާސްފަތި ދުވަހު 14:00 ގެ ކުރިންނެވެ.

އޮންލައިން ފޯމް ލިންކް: https://forms.office.com/r/fdzX5kiuAT

އިސްލާމިކް މިނިސްޓްރީން ވަނީ މީގެ ކުރިން ވެސް އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީނު ކުރުމުގެ ފުރުޞަތު ހޯދާދީފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *