ގދ. އޭއީސީގެ ޕްރިންސިޕަލަކަށް އަޝްރަފު

ގދ. އޭއީސީގެ ޕްރިންސިޕަލަކަށް އެ ސްކޫލުގެ ލީޑިންގ ޓީޗަރު އަޙްމަދު އަޝްރަފު ހަމަޖައްސަވައިފިއެވެ. ގދ. އޭއީސީއަށް ޕްރިންސިޕަލަކު ހަމަޖެއްސެވީ އެ ސްކޫލުގެ ޕްރިންސިޕަލްކަމުގައި ކުރިން ހުންނެވީ މުހައްމަދު ޝިފާޒު އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީއަކަށް ހަމަޖެއްސެވުމާ ގުޅިގެންނެވެ.

ގދ. އޭއީސީގައި، އަޝްރަފު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ 2005 ވަނަ އަހަރުއެވެ. އޭގެ ފަހުން މަޖީދިއްޔާ ސްކޫލުގައި ދެ އަހަރު ދުވަހު މަސައްކަތް ކުރެއްވުމަށްފަހު، 2011 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ ގދ. އޭއީސީގައެވެ. 2012 ވަނަ އަހަރުން ފެށިގެން އެ ސްކޫލުގެ ލީޑިންގ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވިއިރު، އެކި ދުވަސްވަރު އެ ސްކޫލް ހިންގުމުގެ ޒިންމާ ވެސް އަދާކުރެއްވިއެވެ.

އަޝްރަފު ވަނީ، ޓީޗިންގ ދާއިރާއިން ބެޗްލާސް ޑިގްރީ، އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓަރސް ހައްދަވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *