މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ބިޒްނަސް ސްކޫލަށް ޑީންއެއް ބޭނުންވެގެން އިއުލާން ކޮށްފިއެވެ. ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަން ޖެހޭ ސުންގަޑިއަކީ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހުގެ 12:00 އެވެ.
އެ ޔުނިވަރސިޓީން ކުރި އިއުލާނުގައި ބުނެފައިވަނީ، ހަތަރު އަހަރު ދުވަހުގެ މުއްދަތަށް އައްކަން ކުރާ ބިޒްނަސް ސްކޫލުގެ ޑީންގެ މަޤާމުގެ ޝަރުޠަކީ، މަގާމު ގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމު ގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމެވެ. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތު ގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމެވެ. އެ މުއްދަތު ގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައި ހުންނަން ޖެހެއެވެ.
މަޤާމުގެ މަސައްކަތުގެ ދާއިރާތަކުގެ ތެރޭގައި ފާހަގަކޮށްފައި ވަނީ، ހަޔަރ އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަނަލް މެނޭޖްމަންޓް، މެނޭޖްމަންޓްއެވެ. ތަޢުލީމީ ރޮނގުތަކުގެ ގޮތުގައި އެ އިއުލާނުގައި ފާހަގަކޮށްފައި ވަނީ، ބިޒްނަސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެކައުންޓިންގ އެންޑް ފައިނޭންސް، އެޗް.އާރ، މާރކެޓިން، އިކޮނޮމިކްސްއެވެ.
ކޯ/ޕްރިފަރޑް ޑިސިޕްލިންގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، ބިޒްނަސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެކައުންޓިންގ އެންޑް ފައިނޭންސް، އެޗްއާރ، މާރކެޓިން، އިކޮނޮމިކްސްއެވެ.
ޑީންގެ އަސާސީ މުސާރައަކީ މަހަކު 21،123ރުފިޔާއެވެ. ވަޒީފާގެ އެލަވަންސަކީ މަހަކު 12,097 ރުފިޔާއެވެ. ހާޒިރީ އެލަވަންސަކީ މަސައްކަތް ކުރާ ދުވަހަކަށް 327ރުފިޔާއެވެ. އަދި ކިޔަވާ ދަރިވަރުންގެ އަދަދަށް ބަލައި އެންރޯލްމަންޓް އެލަވަންސްގެ ގޮތުގައި 3000 ރުފިޔާ އާއި 6000 ރުފިޔާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
އެމްއެންޔޫގެ ބިޒްނަސް ސްކޫލުގެ ޑީންއަކަށް އެންމެ ފަހުން ހުންނެވީ، އަބްދުއްރަހްމާން މުބާރިކެވެ. މުބާރިކު މިހާރު ހުންނެވީ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރު، އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ މަޤާމުގައެވެ.
advertisment
ހިޔާލު