އިޖްތިމާއީ މަސައްކަތުގެ ދާއިރާއިން ކިޔެވުމުގެ ފުރުޞަތު އެމްއެންޔޫއިން ހުޅުވާލައިފިއެވެ. މިއީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށް ގެންދާ ކޯސްތަކެކެވެ.
މި ފަހަރު ހުޅުވާލީ އެޑްވާންސް ސެޓިފިކެޓް އިން ސޯޝަލް ސާވިސަސް ވޯކް ކޯހާއި ބެޗްލަރ އޮފް ސޯޝަލް ވޯކް ކޯހަށެވެ. މި ކޯސްތައް ފަށަނީ އަންނަ އޮގަސްޓް މަހުއެވެ.
ޝަޢުޤުވެރިވާ ފަރާތްތަކުން މި ކޯސްތަކަށް އަންނަ ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހެއެވެ.
އެޑްވާންސް ސެޓިފިކެޓް އިން ސޯޝަލް ސާވިސަސް ވޯކް ކޯހަކީ ސެޓްފިކެޓް4 ގެ ކޯހެކެވެ. އެއް އަހަރު ދުވަހުގެ މި ކޯސް އެމްއެންޔޫގެ ފަސް ކެމްޕަހެއްގައި ކުރިއަށް ގެންދެއެވެ. އެއީ މާލޭގައި ހުންނަ މެއިން ކެމްޕަސްގެ އިތުރުން ތިނަދޫއާއި ކުޅުދުއްފުއްޓާއި ލ. ހަމުގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ ކެމްޕަހުގައެވެ. ފުލްޓައިމްކޮށް ކިޔަވައިދޭ މި ކޯހުގައި ހިމެނެނީ ދެ ސެމެސްޓަރއެވެ.

އެޑްވާންސް ސެޓްފިކެޓް އިން ސޯޝަލް ވޯކްގެ މަގްސަދަކީ އިޖުތިމާއީ މަސައްކަތުގެ ދާއިރާއިން ދަރިވަރުން ނަށް ފެށުމަށް ބިންގަލެއް ގާއިމުކުރުމެވެ. މި ކޯހުގައި އިޖުތިމާއީ ހިދުމަތްތަކާ ބެހޭ އަސާސީ ވިސްނުމެއް ލިބިގެންދާއިރު، ކުޑަކުދިންގެ ރައްކާތެރިކަމާއި ގެވެށި އަނިޔާއާއި މުޖުތަމައުގެ ބައިވެރިވުމާއި ޕްރެކްޓިސް ކުރުމަށް ބޭނުންވާ އެހެނިހެން ޒަރޫރީ ޕްރޮފެޝަނަލް ހުނަރުތައް ހިމެނެއެވެ. އިޖުތިމާއީ މަސައްކަތުގެ ދާއިރާއިން އެޑްވާންސް ސެޓްފިކެޓެއް ހާސިލްކުރުމުން ދަރިވަރުންނަށް އެމްއެންޔޫއިން ބެޗެލަރ އޮފް ސޯޝަލް ވޯކް ހާސިލްކުރުމުގެ ފުރުޞަތު ފަހިވެގެންދާއިރު، މިކަމުގެ ސަބަބުން އެކުދިންގެ ކެރިއަރުގެ ފުރުޞަތުތައް ފުޅާވެގެންދެއެވެ. ސޯޝަލް ވޯކްގެ ދާއިރާއިން އެޑްވާންސް ސެޓްފިކެޓް ހާސިލްކޮށްފައިވާ ދަސްވެނިންނަށް ތަފާތު ދާއިރާތަކުން ވަޒީފާގެ ފުރުސަތުތައް ހޯދޭނެއެވެ.
މި ކޯހުގެ ޝަރުޠަކީ ދިވެއްސާއި އިސްލާމް ހިމެނައިގެން އޯލެވެލްގެ ދެ މާއްދާއިން ފާސްވުމެވެ. ނޫނީ ކޯހާ ގުޅުން ހުރި ދާއިރާއަކުން ތިން އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާއާއި އިނގިރޭސި ބަހުގެ އިންތިޙާނަކުން ފާސްވެފައި ވުމެވެ.
ބެޗްލަރ އޮފް ސޯޝަލް ވޯކް ޕްރޮގްރާމަކީ އިޖުތިމާއީ މަސައްކަތްތެރިއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމަށް ބޭނުންވާ މުހިންމު ޢިލްމާއި ގޮތްތަކާއި ހުނަރުތައް ފުޅާ ދާއިރާއެއްގައި ދެނެގަތުމެވެ. ޢިލްމުގެ މައިގަނޑު ދާއިރާތަކުގެ އިތުރުން ކުޑަކުދިންނަށް ކުރާ އަނިޔާއާއި ގެވެށި އަނިޔާއާއި ނަފްސާނީ ދުޅަހެޔޮކަމާއި މަސްތުވާތަކެތީގެ ވަބާއާއި ވަބާއާއި ކުށާއި އަނިޔާއާއި އަދުލުއިންސާފާއި އިޖުތިމާޢީ ސިޔާސަތު ފަދަ މުހިންމު ދާއިރާތަކުގެ މަޢުލޫމާތު ދަރިވަރުންނަށް ލިބިގެންދެއެވެ.
މީގެ އިތުރުން މި ޕްރޮގްރާމުގެ ސަބަބުން ދަރިވަރުންނަށް ބެލުމުގެ ދަށުގައި ވާ ސޯޝަލް ވޯކް އެޖެންސީއެއްގައި ޕްރެކްޓިސް ކުރުމުގެ ފުރުސަތު ލިބިގެންދާއިރު، މި ދާއިރާއާއި އެ ދާއިރާގެ މަސްއޫލިއްޔަތުތަކަށް އެކުދިންގެ އެކްސްޕޯޒާ އިތުރަށް އިތުރުވެގެން ދެއެވެ. މި ޕްރޮގްރާމުގައި ފްލެކްސިބަލް ސްޓަޑީ އެރޭންޖްމަންޓެއް ލިބިގެންދާއިރު ބްލެންޑެޑް ޑެލިވަރީ މޮޑެލްއަކުން ދަރިވަރުންނަށް އުނގެނުމުގެ ފުރުސަތު ފަހިވެގެންދެއެވެ. މަހަކު އެއްފަހަރު ކްލާސްތައް ކުރިއަށް ގެންދާއިރު ބާކީ ހުރި ގަޑިތައް ފުރިހަމަކުރަނީ އިންޓަރެކްޓިވް އޮންލައިން ލާނިން މެތަޑްތައް މެދުވެރިކޮށެވެ.
މި ކޯހުގައި ބައިވެރިވުމުން، ކުޑަކުދިންގެ ރައްކާތެރިކަމާއި، ކުޑަކުދިންގެ އަދުލު އިންސާފު، ގެވެށި އަނިޔާ ފަދަ ގިނަ ދާއިރާތަކުން ޕްރެކްޓިސް ކުރުމުގެ ފުރުސަތުތަކާއެކު އިޖުތިމާއީ މަސައްކަތުގެ ދާއިރާއިން ކުރިއަށް ދެވޭނެ އެވެ.
މި ކޯހުގެ ޝަރުޠަކީ އޭލެވެލްގެ ދެ މާއްދާއިން ފާސްވުން ނުވަތަ ސެޓްފިކެޓް ލެވެލް 4ގެ ކޯހެއް ފުރިހަމަ ކޮށްފައިވުމެވެ.
advertisment
ހިޔާލު