ޣިޔާޘުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އަލީ މުސްތަފާ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) ގެ ޕްރިންސިޕަލަކަށް ހަމަޖައްސަވައިފިއެވެ.
އަންނަ ހޯމަ ދުވަހުން ފެށިގެން ވީއައިއެޗްއެސްގެ ޕްރިންސިޕަލެއްގެ ގޮތުން އެ ސްކޫލަށް ނުކުންނަވާނެ ކަމަށް މުސްތަފާ ވަނީ ދަރިވަރު ނޫހަށް ކަށަވަރުކޮށް ދެއްވާފައެވެ.
އާ ޕްރިންސިޕަލެއް ވީއައިއެޗްއެސްއަށް ހަމަޖެއްސެވިއިރު، އެ ސްކޫލުގެ ޕްރިންސިޕަލް ސައީދު އަޙްމަދާއި ޑެޕިއުޓީ ޕްރިންސިޕަލް އިސްމާއިލް ނަޝީދު އަންނަ ހޯމަ ދުވަހުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާނީ ވިލާ ކޮލެޖްގެ އިސް މަޤާމެއްގައެވެ.
އަލީ މުސްތަފާ އެންމެ ފަހުން ހުންނެވީ ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައެވެ. ޣިޔާޘުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް މުސްތަފާ ވަޑައިގެންނެވީ 2019 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އެ ސްކޫލުގެ ޕްރިންސިޕަލް ކަމުގެ މަޤާމުން އޭނާ އިސްތިއުފާ ދެއްވީ މިދިޔަ މެއި މަހުގެ ފަހުކޮޅުއެވެ. އޭގެ ކުރިން ހުންނެވީ އައްޑޫ ސިޓީ ފޭދޫ ސްކޫލުގެ ޕްރިންސިޕަލަކަށެވެ. އެ ސްކޫލުގެ ޕްރިންސިޕަލް ކަމުގައި ނުވަ އަހަރު ހޭދަކުރެއްވިއެވެ.
advertisment
ހިޔާލު