ހިތާމައަކީ މިއަދު އަހަރެމެންގެ ތެރެއިން ބައެއް މީހުން ލަދުވެތިކަމާއި ޢިއްފަތްތެރިކަމުގެ މި ރިވެތި ސިފައިން ބޭރުވެފައިވާ ތަން ފެންނަމުން ދިޔުން ކަމަށަށް މިއަދުގެ ހުކުރު ހުޠުބާގައި ބުނެފިއެވެ. ހެދުން އެޅުމާއި، މުޢާމަލާތުކުރުމާއި، ދިރިއުޅުމުގެ ކަންކަމުގެ ތެރެއިން މި މާތް ސިފަ ނެތެމުންދާ ތަން ފެންނަމުންދާ ކަމަށާއި، ހުކުރު ހުޠުބާގައި ބުނެފިއެވެ.
" މީސް މީޑިއާގެ އެކިއެކި މަންސަތަކުގައި މީސްތަކުން ޙަރަކާތްތެރިވަމުން އެ ދަނީ ލަދުވެތިކަމުގެ ފޭރާން އެކީއެކަށް އެއް ފަރާތް ކުރުމަށްފަހުއެވެ. އެކިއެކި ފާޙިޝް މަންޒަރުތައް ހިމެނޭ ވީޑިއޯ ފަދަ ތަކެތި ހިއްސާކުރަމުން އެ ދަނީ ހިތުގައި ކުޑަ ވެސް ބިރުވެތިކަމެއް ނެތިއެވެ." ހުޠުބާގައި ބުނެފައިވެއެވެ.
ހުޠުބާގައި ބުނެފައިވާ ގޮތުގައި، ލަދުވެތިކަމާ ޢިއްފަތްތެރިކަމަކީ، އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާ މަތިވެރި ދެ ސިފައެކެވެ. ލަދުވެތިކަމަކީ ކޮބައިހެއްޔެވެ؟ ދިވެހިބަހުގެ ރަދީފުގައި ލަދުވެތިކަން މާނަކޮށްފައިވަނީ އެއީ، އަބުރު ގެއްލޭފަދަ ކަމެއް ކުރުމަށް ޖެހިލުންވުމެވެ. ނުވަތަ އެހެން މީހުންނަށް ފާޅުކުރާން ނުކެރޭ ވަކި ސިފައެއް ވަކި ކަމެއް އެހެން މީހުންނަށް ފެނިދާނެތީ ޖެހިލުންވުމެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި، ލަދުވެތިކަމަކީ، އެންމެހައި ނުބައިކަންކަމާ ދުރުހެލިވުމަށް ބާރުއަޅާ، އަދި ޙައްޤުގެ ވެރިޔާއަށް އޭނާގެ ޙައްޤު ލިބިދިނުމަށް ހުރަސްއަޅާ ކަންކަމާ ދެކޮޅުވެރިވުމުގެ ރޫޙު އުފައްދައިދޭ ކަމެކެވެ.
ލަދުވެތިކަމުގެ މި މާތް ސިފައިގެ މުހިންމުކަމުން ކީރިތި މާތް ނަބިއްޔާ މި ސިފަ ގެންނަވައިފައި ވަނީ އީމާންކަމުގެ ތެރެއިންނެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވަނީ "ލަދުވެތިކަމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ."
" ހަމަކަށަވަރުން ލަދުވެތިކަމުގެ ސިފަ މީހެއްގެ ކިބައިގައި ހުރެއްޖެ ނަމަ، އެ ސިފައިގެ ސަބަބުން އޭނާ ފާފަތަކަށް އަރައިގަތުން މަނާކުރާނެއެވެ. އަދިވެސް ޙަދީޘްކުރައްވައިފައި ޙަދީޘެއްގެ މާނައިގަވެއެވެ:
" ހެޔޮކަމާއިގެން މެނުވީ ލަދުވެތިކަން ނާންނާތެވެ"
އެ މީހެއްގެ ކިބައިގައި ލަދުވެތިކަން ހުރެއްޖެ މީހާ، ފާޖިރުކަމާއި، މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންތައްތަކާ ދެމެދު ހުރަހެއް ޤާއިމުކޮށްފިއެވެ. އެންމެހައި ނޭއްގާނީ ޢަމަލުތަކުން އެ މީހަކު ދުރުވާނެއެވެ. އަދި އެ ފަދަ މީހަކަށް، މަކާރިމުލްއަޚްލާޤުގެ ރިވެތި ފޭރާމުން ޒީނަތްތެރިވެވެއެވެ. އިބްނުލްޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. "ލަދުވެތިކަމަކީ އިންސާނުންނަށް މާތް ﷲ ދެއްވި ޚާއްޞަ ސިފައެކެވެ. ފަހެ ލަދުވެތިކަން ނެތް މީހަކަށް އިންސާނީ ސިފަތަކުގެ ތެރެއިން އޭނާގެ ގައިގައި ޖަހައިފައިވާ މަހާއި، ހަށިގަނޑުގައި ދައުރުވާ ލެޔާއި، ބޭރުފުށުގެ އިންސާނީ ސޫރަ ފިޔަވައި އެހެން ކަމެއް ނުވެއެވެ. އަދި ލަދުވެތިކަން ނެތް މީހެއްގެ ކިބައިގައި އެއްވެސް ހެވެއް ނުވެއެވެ.
ހިތާމައަކީ މިއަދު އަހަރެމެންގެ ތެރެއިން ބައެއް މީހުން ލަދުވެތިކަމާއި ޢިއްފަތްތެރިކަމުގެ މި ރިވެތި ސިފައިން ބޭރުވެފައިވާ ތަން ފެނުމެވެ. ހެދުން އެޅުމާއި، މުޢާމަލާތުކުރުމާއި، ދިރިއުޅުމުގެ ކަންކަމުގެ ތެރެއިން މި މާތް ސިފަ ނެތެމުންދާ ތަން ފެންނަމުން ދިޔުން ކަމަށް ހުޠުބާގައި ބުނެފައިވެއެވެ.
" މީސް މީޑިއާގެ އެކިއެކި މަންސަތަކުގައި މީސްތަކުން ޙަރަކާތްތެރިވަމުން އެ ދަނީ ލަދުވެތިކަމުގެ ފޭރާން އެކީއެކަށް އެއް ފަރާތް ކުރުމަށްފަހުއެވެ. އެކިއެކި ފާޙިޝް މަންޒަރުތައް ހިމެނޭ ވީޑިއޯ ފަދަ ތަކެތި ހިއްސާކުރަމުން އެ ދަނީ ހިތުގައި ކުޑަ ވެސް ބިރުވެތިކަމެއް ނެތިއެވެ."
advertisment
ހިޔާލު