ތ. ކިނބިދޫ ސްކޫލުގެ ދަރިވަރުން ލެޓިއުސް ހައްދައި، ބެލެނިވެރިންނަށް ކިޔައި ދިނީ އެ ފަތުން ލިބިދޭ ފައިދާ ތަކެވެ. ކެއުމުގައި ފަތް ބޭނުން ކުރުމުގެ މުހިންމު ކަމެވެ. ދަރިވަރުން ހެއްދި ލެޓިއުސް ވިއްކަމުން ދިޔައިރު، ދަރިވަރުން ދިޔައީ ސެލަޑް ހަދައިގެން އޭގެ ރަހަ ވެސް ދައްކަމުންނެވެ. ސެލަޑް ހެދީ ކިނބިދޫ ސްކޫލުގެ ބީޓެކް ދަރިވަރުންނެވެ. މާކެޓްކޮށް ވިއްކުމުގެ މަސައްކަތް ކުރީ ބިޒްނަސް ދަރިވަރުންނެވެ.

ކިނބިދޫ ސްކޫލުގައި ލެޓިއުސް ހެއްދީ، ވެލްނެސް މެޓަރސްގެ އެހީތެރިކަމާއެކުގައެވެ.
ކިނބިދޫ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު އަބްދުﷲ ދަރިވަރު ނޫހަށް ވިދާޅުވި ގޮތުގައި، ލެޓިއުސް ހެއްދުމުގެ މައިގަނޑު މަޤްޞަދަކީ މަލީ ފައިދާއެއް ހޯދުން ނޫން ކަމަށާއި ކުދިންގެ ބައިވެރިވުމާ އެކު ކެއުމުގެ އާދައަކަށް ބަދަލު ގެނައުމަށް ދަރިވަރުންނާއި ބެލެނިވެރިން ހިމެނޭހެން ރަށުގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމެވެ.

އަދި އޭނާ ވިދާޅުވީ، ދަރިވަރުން އެކަމުގައި ތެރޭގައި ބައިވެރިކޮށް އެ މައުލޫތު ދިނުން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

" ކެއުމުގައި ފަތް ބޭނުން ކުރުމަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ދަރިވަރުން ސެލަޑް ހަދައިގެން އޭގެ ރަހަ ދެއްކީ. ބޭނުމަކީ ހޭލުންތެރި ކުރުވުން. ކެއުމުގެ އާދައިގެ ތެރޭގައި ހަށިގަނޑަށް ފައިދާ ހުރި ބާވައްތައް ބޭނުން ކުރުން" އަޙްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ލެޓިއުސް ހައްދައި އެ ވިއްކުމުގެ މަރުހަލާ ފުރިހަމަކުރިއިރު، ދަރިވަރުންނަށް އެ މަސައްކަތުން ވަށާ ޖެހޭ ގޮތެއްގައި ގިނަ ކަންތައްތަކެއް ދަސްވެގެން ދިޔަ ކަމަށެވެ. ގަސް ހެއްދުމާއި މާކެޓް ކުރުމާއި އެއިން ކެއުމަށް ބޭނުން ކުރާނެ ސެލަޑް ހެދުމުގެ ހުނަރާއި އެ މައުލޫމާތު ވެސް ދަރިވަރުންނަށް ލިބިގެން ދިޔަކަމަށް އަޙްމަދު ވިދާޅުވިއެވެ.
advertisment
ހިޔާލު