އިމާދުއްދީން ސްކޫލުގެ ޓްރެވަލް އެންޑް ޓޫރިޒަމް މާއްދާ ކިޔަވާ ދަރިވަރުން މި ފަހަރު ތަޖުރިބާ ހޯދީ އަވަށްޓެރި ސްރީލަންކާއިންނެވެ.
މި މަހުގެ 12ން18އަށް ކުރިއަށް ގެންދިޔަ މި ދަތުރުގައި އެ ސްކޫލުގެ 21 ދަރިވަރުން ބައިވެރިވިއެވެ. ހަތް ދުވަހަށް ދެމިގެން ދިޔަ ދަތުރުގައި ކޮލަމްބޯގެ އިތުރުން ނޫރަލިއާ ކެންޑީގެ ތަފާތު ތަންތަނަށް ޒިޔާރަތްކޮށް އެ ދަރިވަރުން ކިޔަވާ މާއްދާއާ ގުޅުން ހުރި މައުލޫމާތު ހޯދައި، އަމަލީ ގޮތުން ތަޖުރިބާ ހޯދިއެވެ.
ޓްރެވަލް އެންޑް ޓޫރިޒަމް ކިޔަވާ ދަރިވަރުންނަށް، ހުސްވި އަހަރުން ފެށިގެން މިފަދަ ދަތުރުތަކެއް އެ ސްކޫލުން އަންނަނީ ބާއްވަމުންނެވެ.
އިމާދުއްދީން ސްކޫލުން ބުނީ، މި ޓްރެވަލް އެންޑް ޓޫރިޒަމް ކިޔަވާ ދަރިވަރުންނަށް ހުޅުވާލި އެކްސްޕޯޝަރ ދަތުރުގައި ބައިވެރިވާން މި ފަހަރު އެދުނީ 21 ދަރިވަރުން ކަމަށެވެ.
އެ ސްކޫލުން ބުނީ، ޓްރެވަލް އެންޑް ޓޫރިޒަމް ކިޔަވާ ދަރިވަރުންގެ އިތުރުން އެހެން މާއްދާތައް ކިޔަވާ ދަރިވަރުންނަށް ވެސް ތަޖުރިބާ ހޯދައިދޭން އެފަދަ ދަތުރުތަކެއް ކުރިއަށް އޮތް ތަނުގައި އިންތިޒާމް ކުރަނެ ކަމަށެވެ.
advertisment
ހިޔާލު