އެމްއެންޔޫއެސްޔޫގެ އިނގިރޭސި ބަހުސް މުބާރާތް: ޗެމްޕިއަންކަން ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންއިން ފުރަތަމަ ފަހަރަށް ބޭއްވި އިނގިރޭސި ބަހުސް މުބާރާތުގެ ޗެމްޕިއަންކަން ފެކަލްޓީ އޮފް އެޑިޔުކޭޝަން (އެފްއީ) އިން ހޯދައިފިއެވެ. ފައިނަލުގައި ފެކަލްޓީ އޮފް އެޑިޔުކޭޝަނާ ވާދަކުރީ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ( އެފްއެސްއެލް) އެވެ.

ރޭ އޮތް ފައިނަލް ބަހުސުގައި އެފްއީއަށް ލިބުނީ 1419 ޕޮއިންޓެވެ. އެފްއެސްއެލްއަށް ލިބުނީ 1310 ޕޮއިންޓެވެ. ފައިނަލުގެ މޮޅު ބަހުސް ކުރުންތެރިޔަކީ އެފްއީގެ އަބްދުﷲ ރާޒީ މުޙައްމަދެވެ.

މުޅި މުބާރާތުން އެންމެ މޮޅު ބަހުސް ކުރުންތެރިޔަކީ އެފްއެސްއެލްގެ ޝަމަން އަލީއެވެ.

ފައިނަލް ބަހުސުގައި ޝަރަފުވެރިމެހުމާނެއްގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ އެއްވަނައަށް ޓީމަށް ތަށި ހަވާލުކޮށްދެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު 5 ބަހުސް ކުރުންތެރިން

  1. ފާތިމަތު މާހާ އާދިލް (ސްކޫލް އޮފް މެޑިސިން)
  2. ޝަމަން އަލީ (ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ)
  3. އައިޝަތު މާހީ އަގްލީލް (ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ)
  4. އައިޝަތު ދިފްލާ އިބްރާހިމް (ފެކަލްޓީ އޮފް އެޑިއުކޭޝަން)
  5. މަރިޔަމް ޝާރާ ޝުޖާއު (ފެކަލްޓީ އޮފް އެޑިއުކޭޝަން)

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *