ޘަޤާފީ އުގެނުމާއި ޒަމާނީ ޓެކްނޮލޮޖީއާއި ދެމެދު އޮންނަ ފަރަގު ކުޑަކުރަން ޑިޖިޓަލް ލައިބްރަރީ ހަދަން ޖެހޭ

ޘަޤާފީ އުގެނުމާއި ޒަމާނީ ޓެކްނޮލޮޖީއާއި ދެމެދު އޮންނަ ފަރަގު ކުޑަކުރަން ޑިޖިޓަލް ލައިބްރަރީ ހަދަން ޖެހޭ ކަމަށް ިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފޮތުގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން މިއަދު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީ (އައި.ޔޫ.އެމް) ގައި ބޭއްވި ޑިޖިޓަލް ލައިބްރަރީ އިފްތިތާހް ކުރުމުގެ ހަފްލާގައި ވަޒީރު ވިދާޅުވީ،  ފޮތްތަކަކީ ތަޢުލީމާއި ވިސްނުންތޫނުކަން ބާރުވެރިކުރުވުމުގެ ބިންގާކަމަށާއި ތަފާތު ސަޤާފަތްތަކާއި އިންސާނީ ފިކުރާއި ޖަޒުބާތުތައް ދެނެގަތުމަށް އެހީތެރިވެދޭ އެއްޗެއް ކަމަށެވެ.

އައިޔޫއެމްގައި އިފްތިތާހު ކުރި ޑިޖިޓަލް ލައިބްރަރީގެ ސަބަބުން ޔުނިވަރސިޓީގައި ހުރި ފޮތްތަކުގެ އިތުރުން ދުނިޔޭގެ އެކި ދާއިރާތަކުން މަޢުލުމާތު ހޯދުމަށް ދަރިވަރުންނަށް ފަސޭހަވެގެންދާނެކަން ފާހަގަ ކުރައްވައި، މި ޑިޖިޓަލް ލައިބްރަރީއަކީ 21 ވަނަ ގަރުނުގެ ދަރިވަރުންގެ ބޭނުންތައް ފުއްދައިދިނުމަށް ފަރުމާކޮއްފައިވާ ޕެލެޓްފޯމެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިނިސްޓަރ ވަނީ، ޑިޖިޓަލް ޓެކްނޮލޮޖީ އައުމާއެކު މައުލުމާތު ހޯދުމާއި ބޭނުންކުރާ ގޮތްތަކަށް އިންގިލާބީ ބަދަލެއް އައިސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ޘަޤާފީ އުގެނުމާއި ޒަމާނީ ޓެކްނޮލޮޖީއާއި ދެމެދު އޮންނަ ފަރަގުކުޑަކޮށް، މި ޑިޖިޓަލް ޒަމާނުގައި ކިޔެވުމުގެ އުފަލާއި، އިލްމަށް ކުރާ ލޯބި ފިލައިގެން ދިޔަނުދިނުމަށް މަސައްކަތްކުރުމަކީ އެންމެންގެ އަމާޒަކަށް ހަދައި އުނގެނުމާއި އުގަންނައި ދިނުމުގައި ދިމާވާ ގޮންޖެހުންތަށް، މިފަދަ  ވަސީލަތްތައް ބޭނުންކޮއްގެން ހައްލު ކުރާ ތަނަކަށް މި ޑިޖިޓަލް ލައިބްރަރީ ހެދުމަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅު ނިންމަވާލައްވަމުން، ބައިނަލްއަގްވާމީ ފޮތުގެ ދުވަހާއި ކުތުބުޙާނާދުވަހުގެ މުނާސަބަތުގައި، އެންމެހާ ކިޔުންތެރިނަށާއި ކުތުބުޙާނާގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ތަހުނިޔާ ދަންނަވައި އައި.ޔޫ.އެމްގެ އެންމެހައި އިސްވެރިންނަށް ޝުކުރުއަދާކުރެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *