ހަތް އަހަރުގެ މަކީނާ ނައުޝީން އަލީ ލިޔުނު ވިޝްޕަރސް އޮފް ވޮންޑަރ ޅެން ފޮތް ވިއްކައިގެން ލިބުނު ފައިސާގެ ތެރެއިން 9000 ރުފިޔާ ފަލަސްޠީނަށް އެހީވާން ހުޅުވި ފަންޑަށް ހަދިޔާ ކޮށްފިއެވެ. މި ފައިސާ ހަދިޔާ ކުރީ ބައިނަލް އަޤުވާމީ ގޮތުން ފާހަގަކުރާ ފޮތުގެ ދުވަހާ ވެސް ގުޅުވައިގެންނެވެ.

ފޮތް ކިޔުމަށް ލޯބިކުރާ ނައުޝީން މާ ކުރިން ވެސް ނިންމާފައި ވަނީ އޭނާ ލިޔާ ފުރަތަމަ ފޮތް ވިއްކައިގެން ލިބޭ ފައިސާގެ ތެރެއިން 9000 ރުފިޔާ ފަލަސްޠީނުގެ ނިކަމެތި ކުދިންނަށް ހަދިޔާ ކުރާށެވެ. އެ ފައިސާ ނައުޝީން ހަދިޔާ ކުރީ ޕީއެސްއެމްގައި މިއަދު ހަވީރު ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިންނެވެ.
ނައުޝީންގެ މަންމަ ދިމްނާ ފާކިރު ބުނީ، ދަރިފުޅުގެ އެ އިސްނެގުމަށް އުފާކުރާ ކަމަށާއި އެހީ ދޭން ނިންމީ ދަރިފުޅު އަމިއްލައަށް ކަމަށެވެ.

ބިލަބޮންގ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ގުރޭޑް ދޭއްގައި ކިޔަވަމުން އަންނަ ނައުޝީންގެ ފޮތް ކިޔުމުގެ ހުނަރު ފާހަގަކޮށް، ދަ ޗައިލްޑް ޕްރޮޑިޖީ އިން ޗައިލްޑް ޕްރޮޑިޖީ އިންސްޕިރޭޝަނަލް ރީޑާސް އެވޯޑް ވަނީ އުމުރުން ހަތަރު އަހަރުގައި ލިބިފައެވެ.
advertisment
ހިޔާލު