އަމީރުލްހައްޖަކީ ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް

ދިވެހިރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ އިސްވެރިއަކަށް ހަމަޖެއްސެވި، ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މިއަދު މައްކާއަށް ފުރާވަޑައިގެންފިއެވެ.

ޑރ.ޝަފީއު ފުރާވައިގެންނެވީ މިއަދު ހަވީރު ސައުދީ އެއާލައިންގެ ފްލައިޓެއްގައެވެ. ދިވެހި ހައްޖުވެރިންގެ ފަހު ގުރޫޕު ފުރީ ވެސް އެ ފުލައިޓްގައެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުވެސް ހައްޖުގެ އަޅުކަމަށް މިއަދު ވަނީ އެ ފުލައިޓްގައި ފުރާވަޑައިގަންނަވާފައެވެ.

ފުރާވަޑައިގެންނެވުމުގެ ކުރިން އަމީރުއްހައްޖު، ޑރ. ޝަފީޢު ވިދާޅުވީ މިހާތަނަށް ލިބިވަޑައިގެންނެވި މައުލޫމާތުތަކަށް ބަލާއިރު ހުރިހާ ހައްޖާޖީންގެ ހާލުވެސް ރަނގަޅު ކަމަށާއި ދިވެހި ހައްޖުވެރިންގެ އިންތިޒާމްތައް ވެސް ހައްޖު ކޯޕަރޭޝަނާއި އިސްލާމިކް މިނިސްޓްރީން އިންތިޒާމް ކުރައްވާފައި ވަނީ ވަރަށް ރަނގަޅަށް ކަމަށެވެ.

މި އަހަރު ރާއްޖެއިން 1150 މީހުން ހައްޖަށް ދެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވާ ފަގީރުންގެ ލިސްޓްގައި ހިމެނޭ 50 މީހަކު ވެސް ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *