ފާއިތުވި، 2022-2023 ވަނަ އަހަރު ޖަމާލުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަކަށް އާލިފު އިބްރާހިމް ޝަރީފު، ދެވަނަ ދަރިވަރަކަށް ލައިޝާ އަޙްމަދު ޖައުފަރު އަދި ތިން ވަނަ ދަރިވަރަކަށް މުޙައްމަދު ނާޔިފު އަފީފު ހޮވައިފިއެވެ.
ރޭ ހިރިޔާ ސުކޫލު ހޯލުގަ ބޭއްވި އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވައި އެންމެ މޮޅު ތިން ދަރިވަރުންނަށް އިނާމް ދެއްވީ މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
އެއްވަނައަށް ދިޔަ އާލިފު، ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯދިއެވެ. އަދި ފާއިތުވި އަހަރު އެ ސްކޫލުގެ ފިރިހެން ކެޕްޓަނަކީ ވެސް އޭނާއެވެ. ޔުނީފޯމް ބޮޑީގެ ހަރަކާތެއްގެ ގޮތުން ސްކައުޓްގައި މަސައްކަތް ކުރިއެވެ.
ދެވަނަ އަށް ދިޔަ ލައިޝާ، ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯދިއެވެ. ޖަމާލުއްދީނުގެ އަންހެން ކެޕްޓަންގެ ޒިންމާގެ އިތުރުން ލައިޝާއަކީ ގައިޑެކެވެ.
ތިންވަނައަށް ދިޔަ ނާޔިފު، ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދިއެވެ. ނާޔިފަކީ ފާއިތުވި އަހަރު ޖަމާލުއްދީން ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނެވެ.
advertisment
ހިޔާލު