ދަރިވަރުން މަސައްކަތް ކުރަންވީ ވަށައި ޖެހޭ ކާމިޔާބީއަކަށް ކަމަށް މަސްވެރިކަމާއި ކަނޑުގެ ދިރުންތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ފާއިތުވި ދިރާސީ އަހަރު، ޖަމާލުއްދީން ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވައި، މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ، ކުދިންނަށް ލިބޭ ކާމިޔާބީގައި ގާތް ރަޙްމަތްތެރިން ބައިވެރިކޮށް، ލިބުނު ކާމިޔާބީ ފަދަ ކާމިޔާބީއެއް ހޯދަން އެކުދިންނަށް ހިތްވަރު ދޭން ޖެހޭ ކަމަށެވެ. ވަށައި ޖެހޭ ކާމިޔާބަކަށް ވާނީ އޭރުން ކަމަށް ވަޒީރު ޝިޔާމް ދަރިވަރުންނަށް ވިދާޅުވިއެވެ.
" ތިޔަ ކުދިންނަށް ލިބޭ ކާމިޔާބީގައި ރަހުމަތްތެރިން ބައިވެރިކޮށް، އެފަދަ ކާމިޔާބީއެއް ހޯދަން އެހެން ކުދިންނަށް ހިތްވަރު ދޭން ޖެހޭ. އޭރުން ތިޔަ ކުދިންގެ ކާމިޔާބީއަކީ ވަށައި ޖެހޭ ކާމިޔާބީއަކަށް ވާނެ ކަމާމެދު ޝައްކެއްވެސް ނެތް" ދަރިވަރުންނަށް ހިތްވަރު ދެއްވައި ޝިޔާމް ވިދާޅުވިއެވެ.
ކޮންމެ ކުއްޖަކީ ކިޔަވަން މޮޅުކުއްޖަކަށް ނުވެދާނެ ކަމަށާއި ކުދިންގެ ކިބައިގައި ހުރި ހުނަރެއް ތަރައްޤީ ކުރުމަށް ދަސްކުރަން ޖެހޭ ކަންކަން ދަސްކުރުމަކީ ވެސް އިލްމް ހޯދުން ކަމަށް ޝޔާމް ފާހަގަކުރެއްވިއެވެ.
ޝިޔާމް ވިދާޅުވީ، ހަމައެކަނި ދެލިގަނޑު އެކަނި ކިޔެވުމުން ނުފުދޭ ކަމަށާއި މަދަރުސީ ހަޔާތަށްފަހު ވަޒީފާގެ ބާޒާރަށް ނުކުންނައިރު މަސައްކަތްތެރިކަމުގެ ހުނަރު ދަސްވެފައި ހުރުން ވަރަށް މުހިންމު ކަމަށެވެ.
" މި ޒަމާނަކި ޓެކްނޮލޮޖީގެ ވަޞީލަތްތައް ގިނަ ޒަމާނެއް. ޓެކްނޮލޮޖީގެ ވަޞީލަތްތަކަށް އަހުލުވެރިވެ، ދުނިޔޭގެ ކަންކަން ހޯދައި ބަލައި ކަންތައްތައް ދަސްކުރަން ޖެހޭ"
މަދަރުސީ ތަޢުލީމަށްފަހު މުޖްތަމައުގެ ތެރެއަށް ނުކުންނައިރު ތިޔަކުދިންގެ ކިބައިގައި އަޚްލާޤީ ރީތި ސިފަތައް އަށަގެންފައި ހުރިމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށާއި މުޖްތަމައުގައި އުޅޭ އެކި ފަންތީގެ އެކި މިޒާޖުގެ " މީހުންނާ ގުޅިގެން އުޅެން އެނގުން ވެސް ބޭނުންތެރި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ރީތިބަހުން މީހުންނާ މުޢާމަލާތް ކުރުމާއި ތަފާތު ޚިޔާލުގެ މީހުންނާއެކު، އިޚްތިރާމާ އެކީގައި މަސައްކަތް ކުރަން ދަތުމަކީ، ކާމިޔާބު މީހަކަށް ވުމަށްޓަކައި ތިޔަ ދަރިވަރުންގެ ކިބައިގައި ހުރުން މުހިންމު ކަމެއް"
ރިވެތި އަޚްލާގުގެ މަތީގައި މޮޅެތި ދަރިވަރުންތަކެއް ޤައުމީ ޚިދުމަތްތަކަށް ނެރުމަށް ބެލެނިވެރިންގެ ޒިއްމާއާއި މަސްއޫލިއްޔަތު ބޮޑުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އަޅުގަނޑުމެންނަށް ބައެއް ފަހަރު ވާގޮތަކީ ކުދިން އެންމެ ތުއްތުއިރު އެކުދިންގެ މުޅި ދުވަހުގެ ހުރިހާ ކަމެއްގައި ވަރަށް ގާތުން ބަލައި، އެކުދިން އަޅާ ކޮންމެ ފިޔަވަޅަކަށް ފާރަވެރިވެގެން އަޅުގަނޑުމެންނަށް ތިބެވޭ ކަމަށެވެ. އެހެން ނަމަވެސް ދަރިފުޅު ބޮޑުވެ ފުރާވަރަށް އެރީމާ ބައެއް ފަހަރު ތަންކޮޅެއް ފަސޭހަކޮށްލެވޭކަން، ބެލެނިވެރިންނަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވިއެވެ.
advertisment
ހިޔާލު