ވިލާ ކޮލެޖްގެ އައިސީއެސްއާރުއައި ކޮންފަރެންސަށް އަށް ދާއިރާއަކުން 53 ޕޭޕަރެއް

8 ވިލާ ކޮލެޖްގެ 8 ވަނަ އައިސީއެސްއާރުއައި ކޮންފަރެންސް މިއަދު ފަށައިފިއެވެ. ސޯޝަލް ރިސާރޗް އެންޑް އިނޮވޭޝަންގެ ނަމުގައި ފެށި މި ކޮންފަރެންސް ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޔޫއެން ރެޒިޑެންޑް ކޯޑިނޭޓަރ ބްރޭޑްލީ ޖ. ބުސެޓޯ އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގެ ބޭނުމަކީ ދިރާސާކުރާ ފަރާތްތަކާއި، ދަރިވަރުންނާއި، އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނަށް އެމީހުންގެ ދިރާސާގެ ހޯދުންތައް ހުށަހަޅައި އެކި ކަންކަމާ މެދު މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމެ ޕްލެޓްފޯމެއް ފަހިކޮށްދިނުމެވެ.

މި ކޮންފަރަންސް ހުޅުވުމުގެ ރަސްމީޔާތުގައި ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓަރ – ރިސާރޗް އެންޑް އިނޮވޭޝަން ޑރ. މުހައްމަދް އާދިލް، ގެ ވާހަކަ ފުޅުގައި ފާހަގަކުރެއްވީ މިފަދަ ކޮންފަރަންސްއެއްގެ މަޤްޞަދަކީ ދިރާސާކުރާ ފަރާތްތަކާއި، ލެކްޗަރާއިންނާއި، ދަރިވަރުންނާއި، ސިނާޢަތުގެ ތަޖުރިބާކާރުންގެ މެދުގައި ވަރުގަދަ ނެޓްވަރކެއް ގާއިމުކުރުމެވެ. މީގެ ސަބަބުން އައު މިސްރާބުތަކާ ބެހޭގޮތުން ހަރުދަނާ މަޝްވަރާތަކާއި، އިޖްތިމާޢީ ޢިލްމާއި ތަރައްޤީގެ ދާއިރާތަކުގައި އާ އުސޫލުތައް އުފެއްދުމުގެ ފުރުޞަތު ލިބިގެންދެއެވެ.

ކޮންމެ އަހަރަކު ވެސް ވިލާ ކޮލެޖްގެ އައިއާރްއައި ކޮންފަރެންސް ބާއްވަނީ ވަކި ތީމެއްގެ މައްޗަށެވެ. މިއަހަރުގެ ތީމްއަކީ "އިނޮވޭޝަންސް ފޮ ސަސްޓެއިނެބިލިޓީ: ފޯޖިންގ ދަ ޕާތު އަހެޑް" އެވެ. މިއަހަރުގެ ތީމް" އިނޮވޭޝަންސް ފޮ ސަސްޓެއިނެބިލިޓީ: ފޯޖިންގ ދަ ޕާތު އަހެޑް’ގެ ދަށުން 53 ޕޭޕަރެއް މި ކޮންފަރެންސްގައި ހުށަހަޅާނެއެވެ. މި ޕޭޕަރުތައް ހުށަހަޅާނީ 8 ދާއިރާއަކަށް ބަހާލައިގެންނެވެ. އެއީ ޕޮލިސީ، ލޯ އެންޑް ގަވަނަންސް، އެންޓްރަޕްރެނާޝިޕް، ފައިނޭންސް އެންޑް އިންޑަސްޓްރީ، އެންވަޔަރަމަންޓް، ސަސްޓެއިނެބިލިޓީ އެންޑް ޑިވެލޮޕްމަންޓް، ހިޔުމަން ރައިޓްސް، ޖެންޑަރ އެންޑް ސޮސައިޓީ، އެޑިޔުކޭޝަން، ލެންގުއޭޖް އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ހެލްތު، ނަރސިން އެންޑް ސޯޝަލް ވޯކް، ސައިކޮލޮޖީ، ލައިފްސްޓައިލް އެންޑް ވެލް ބީންގ އަދި އިންޖިނިއަރިން، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން އެވެ. ހުޅުވުމުގެ ރަސްމީޔާތުގެ ވާހަކަ ދެއްކުމަށްފަހު ކޮންފަރެންސް ޗެއަރ އަދި ޑެޕިއުޓީ ވައިސް ރެކްޓަރ – ރިސާރޗް އެންޑް އިނޮވޭޝަން އޮފް ވިލާ ކޮލެޖް، ޑރ.މުޙައްމަދު އަދީލް އައިސީއެސްއާރުއައިގެ "ރިސާޗް މެތޮޑްސް" ފޮތް ލޯންޗުކޮށް ދެއްވިއެވެ.

ކޮންފަރެންސްގެ ބައިވެރިންނަން މަރުހަބާ ދެއްނެވުމުގެ ވާހަކަ ފުޅުގައި ވިލާ ކޮލެޖްގެ ރެކްޓަރ، ޑރ. އަހްމަދު އަންވަރު ފާހަގަ ކުރެއްވީ، އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަންއަކީ ވިލާ ކޮލެޖުގެ ކަލަންޑަރުގައި ބާއްވާ މުހިންމު އެއް ހަރަކާތް ކަމަށާއި، މިއީ މިހާރު ދިވެހި ރާއްޖޭގެ އެކަޑަމިކް ދާއިރާގައި އުޅުއްވާ ބޭފުޅުންނާއި، ދިރާސާވެރިންގެ މެދުގައި އަހަރަކު އެއްފަހަރު ބާއްވާ ވަރަށް ފާހަގަކޮށްލެވޭ އިވެންޓެކެވެ.

މިއަހަރުގެ ތީމް،"އިނޮވޭޝަންސް ފޮ ސަސްޓެއިނެބިލިޓީ: ފޯޖިންގ ދަ ޕާތު އަހެޑް"އަކީ ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔޭގައި ކުރިއަރަމުންދާ ސައިންސާއި ޓެކްނޮލޮޖީ، މުޖުތަމަޢު، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޫސުމީ ނިޒާމް އަށް އަންނަ ބަދަލު ދެނެގަނެ ކުރިމަތިލާން ޖެހޭ ގޮތްތައް ހޯދައި ދަސްކުރުމަށް އެހީތެރިވެދޭނެއެވެ.

ކޮންފަރަސްގައި ހުށަހެޅި 53 ޕޭޕަރެއްގެ އިތުރުން "އިނޮވޭޝަންސް ފޮ ސަސްޓެއިނެބިލިޓީ: ފޯޖިންގ ދަ ޕާތު އަހެޑް" މި ތީމާ ގުޅޭ 5 ޕެނަލް ޑިސްކަޝަންގެ އަދި 4 ބޭފުޅަކު ކީ ނޯޓް ސްޕީޗް ވެސް ދެއްވާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *