ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން މި އަހަރު ދަސްވެނިވި ދަރިވަރުންގެ ތެރެއިން "އައިޔޫއެމް އެކްސަލަންސް އެވޯޑް" ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނާރސް ކޯހުން ދަސްވެނިވި، އަލީ އަޙްނަފް ހޯދައިފިއެވެ. އޭނާ ވަނީ އެ ކޯހުން ބެސްޓް ސްޓޫޑެންޓް އެވޯޑްސް ވެސް ހޯދާފައެވެ.
އައިޔޫއެމްއިން ދޭ އެކްސަލަންސް އެވޯޑަކީ ހުނަރާއި ހިތްވަރާއެކު ދަރިވަރަކު ހޯދާ އިލްމީ މަތީ ނަތީޖާއިން ޔުނިވަރސިޓީއަށް ރީތި ނަމާއި ޝަރަފު ހޯދާދީފައިވާ އަދި އެ ދަރިވަރުގެ އިސްނެގުމުގެ ކުޅަދާނަކަމާއި ޔުނިވަރސިޓީގެ ތަފާތު ހަރަކާތްތައް އިލްމީ ޕްރޮގްރާމްތަކުގައި ފާހަގަކުރެވޭ މިންވަރަށް ބައިވެރިވާ ދަރިވަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.
އައިޔޫއެމްގެ ބެސްޓް ސްޓޫޑެންޓް އެވޯޑް ލިބުނު ދަރިވަރުން:
- ޢާއިޝަތު އަބްދުﷲ ސަޢީދު/ މުޙައްމަދީއާބާދު، މާލެ- ( މާސްޓަރސް އޮފް އާރޓްސް އިން ޤުރުއާނިކް ސައިންސަސް )
- ޙަސަން ޢިއާޛު، ގުލްހަޒާރުގެ، ހއ. އިހަވަންދޫ ( މާސްޓަރސް އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން
- އަލީ އަޙްނަފް، ނޫވިލު ފ. ބިލެތްދޫ ( ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނާސް)
- ނިޝާމާ ޖަލީލް، ކާރިނޭޝަންގެ ގއ. ދެއްވަދޫ (މާސްޓަރސް އޮފް ޓީޗިންގ އެންޑް ލާރނިންގ (ޤުރުއާން)
- ޢާއިޝަތު ވަރުޖިނާ، އަންނާރުމާގެ، ލ. މާމެންދޫ ( ޕޯސްޓްގުރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގ)
- ޢާއިޝަތު ރިޒްނާ، މިސްކިތްމަގު، ނިރިލް، ޏ. ފުވައްމުލައް ( ބެޗްލަރ އޮފް ޓީޗިންގ ޤުރުއާން)
އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިސް (އައިޔޫއެމް) އިން މި އަހަރު 494 ދަރިވަރުން ދަސްވެނިވިއެވެ. ދަސްނެނިވުމުގެ ރަސްމިއްޔާތު ގެންދިޔައީ ދެ ދުވަހެއްގެ މަތިން ހަތަރު ދަންފަޅިއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދަންފަޅި ބޭއްވީ ބުރާސްފަތި ދުވަހު ހެނދުނުއެވެ. ދެވަނަ ދަންފަޅި މެންދުރުފަހު، ތިން ވަނަ ދަންފަޅި ކުރިއަށް ގެންދިޔައީ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ. ފަހު ދަންފަޅި ނިންމާލީ މި ރޭގައެވެ.
އައިޔޫއެމްގެ ހަ ފެކަލްޓީއަކުން ދަރިވަރުން ދަސްވެނިވިއެވެ.
އައިޔޫއެމްގެ ފެކަލްޓީތަކުން ދަސްވެނިވި ދަރިވަރުންގެ އަދަދު:
- ކުއްލިއްޔާ އޮފް އެޑިޔުކޭޝަން، 18 ދަރިވަރުން
- ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުއްނަތް، 107 ދަރިވަރުން
- ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ، 68 ދަރިވަރުން
- ކުއްލިއްޔާ އޮފް އަރަބިކް ލޭންގްއޭޖް، 60 ދަރިވަރުން
- ކުއްލިއްޔާ އޮފް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސް، 56 ދަރިވަރުން
- ކުއްލިއްޔާ އޮފް އިކޮނިމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒް، 17 ދަރިވަރުން
އައިޔޫއެމްގައި ހިންގާ 97 ގޯހެއްގައި 1327 ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު