"ޑިސްކަވަރ ޑައިވް" ހަރަކާތުން ކަނޑުގެ ރީތިކަން ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު 50 ކުއްޖަކަށް ދީފިއެވެ.
މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ ކަނޑުފަޅުގެ ދިރުންތަކާއި މެދު ކުދިންގެ ހިތްތަކުގައި ލޯތްބާއި ޝައުގު އުފެއްދުން ކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ބުނެއެވެ.
މިއީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ވެސް މަސްވެރިކަމާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން ފުޅިއަޅައިގެން ފީނަން ކުދިންނަށް ފުރުޞަތު ދެނީ ޑައިވިންގ އިންސްޓްރެކްޓަރެއްގެ ބެލުމުގެ ދަށުންނެވެ.
މާލެ ވިލިނގިލީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ކޮންމެ ކުއްޖެއްވެސް ފަރުތަކާއި ކަނޑުގެ ދިރުންތަކުގެ އިތުރުން ވެށި ހިމާޔަތް ކުރަން އަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ. ފަރުތަކާއި ވެށި ހިމާޔަތްކޮށް އަންނަން އޮތް ޖީލަށް ފޯރުކޮށްދޭން މަސައްކަތް ކުރުމަކީ ކޮންމެ ކުއްޖެގެ ވެސް ޒިންމާއެއް ކަމަށެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ސްކޫލްތަކުގެ ދަރިވަރުން ވަނީ ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވެ ގަސް އިންދާފައެވެ.
advertisment
ހިޔާލު