ޣާޒީ ސްކޫލުން ކުޑަކުދިންގެ ދުވަސް ފާހަގަކުރަން އެތްލެޓިކްސްގެ ހަރަކާތްތަކާއި ފެނުގެ ކުޅިވަރު

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޣާޒީ ސްކޫލުން އެތްލެޓިކްސް ހަރަކާތްތަކާއި ފެނުގެ ކުޅިވަރުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތްތައް ކުރިއަށް ގެންދިޔައީ ތިން ދުވަހެއްގެ މަތިންނެވެ.

ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް އެ ސްކޫލުން ފެށީ ހޮނިހިރު ދުވަހުއެވެ. ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ކުރިއަށް ގެންދިޔަ އެތްލެޓިކްސްގެ ހަރަކާތްތައް އެ ދުވަހުގެ ހެނުނު ގެންދޔައި ގުރޭޑް 4ން 6 ގެ ދަރިވަރުންނަށެވެ. ހަވީރު ގެންދިޔައީ ގުރޭޑް 7ން މަތީގެ ދަރިވަރުންނަށެވެ. އާދީއްތަ ދުވަހު ވެސް އެ އުމުރު ފުރައިގެ ދަރިވަރުންނަށް އެތްލެޓިކްސްގެ ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ.

ޣާޒީ ސްކޫލުން ބުނީ، އެތްލެޓިކްސް ހަރަކާތްތައް ދަރިވަރުންނަށް ކުރިއަށް ގެންދިޔައީ އެތްލެޓިކްސް އެސޯސިއޭޝަންގެ އެހީތެރިކަމާއެކު އެ އެސޯސިއޭޝަންގެ އޮފިޝަލުންގެ ބެލުމުގެ ދަށުން ކަމަށެވެ.

ކީ ސްޓޭޖް އެކެއްގެ ދަރިވަރުންނަށް ބާއްވާ ފެނުގެ ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ މިއަދު ހެނދުނުއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ފެނުގައި ކުޅޭ ތަފާތު ވައްތަރުގެ ކުޅިވަރުތައް ވެސް ކުރިއަށް ގެންދިޔައެވެ.

މެއި މަހުގެ ދިހަ ވަނަ ދުވަސް ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އައި ނަމަވެސް އެ ދުވަހުގެ ހަރަކާތްތައް ސްކޫލްތަކުން ލަހުން ފެށީ ބޮޑު ޗުއްޓީއާ އެ ދުވަސް ދިމާވުމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *