300 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތާއެކު އެމްއެންޔޫގެ ޖޮބް ފެސްޓިވަލް މާލެއާއި އަތޮޅުތަކުގައި ފަށަނީ

300 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތާއެކު އެމްއެންޔޫގެ ޖޮބް ފެސްޓިވަލް މާލެއާއި އަތޮޅުތަކުގައި ފަށަން ތައްޔާރު ވެއްޖެއެވެ.

އެމްއެންޔޫގެ ފަހި ފުރުޞަތުގެ ގޮތުގައި ކުރިއަށް ގެންދާ ޖޮބް ފެސްޓިވަލް މާލޭގައި ހުންނަ މެއިން ކެމްޕަހުގެ އިތުރުން އަތޮޅުތެރޭގައި ހުންނަ ކެމްޕަސްތަކުގައި ވެސް ކުރިއަށް ގެންދެއެވެ. ކުޅުދުއްފުށީގައި ހުންނަ ކެމްޕަހުގައި މި ފެސްޓިވަލް ކުރިއަށް ގެންދާނީ ޖޫން މަހުގެ 8-9 އަށެވެ. މާލޭގެ އިތުރުން ދެން ހުރި ކެމްޕަސް ތަކުގައި ފެސްޓިވަލް ކުރިއަށް ދާނީ ޖޫން 10-9 އަށެވެ. ފެސްޓިވަލް ހުޅުވާފައި ހުންނާނީ އެ ދުވަހުގެ 16:00 ން 18:00 އަދި 20:00 ން 22:00 އަށެވެ.

އެމްއެންޔޫއިން ބުނީ، ޖޮބް ފެސްޓިވަލުގައި މިހާތަނަށް 75އަށްވުރެ ކުންފުނިތަކާއި މުއައްސަސާތަކުން ބައިވެރިވެފައިވާ ކަމަށާއި އެ ފަރާތަކުން 300 އަށްވުރެ ގިނަ ވަޒީފާގެ ޔާގީންކަން ދީފައިވާ ކަމަށެވެ.

މިފަހަރުގެ ޖޮބް ފެއަރގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ ބައެއް އޮފީސްތައް ވެސް ހިމެނެއެވެ.

އެމްއެންޔޫއިން ބުނީ، މި ފަހަރު ބާއްވާ ޖޮބް ފެސްޓިވަލުގައި ޤާނޫނީ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ފެސްޓިވަލުގެ ތެރެއިން ހިލޭ ޤާނޫނީ ލަފާ ދޭން ނިންމާފައިވާ ކަމަށެވެ. އަދި ކެރިއަރއެއް އިޚްތިޔާރު ކުރުމުގައި އެހީ ބޭނުންވާ ފަރާތްތަކަށް ކެރިއަރގައިޑެންސްގެ ޚިދުމަތް ވެސް ފޯރުކޮށްދޭނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ޖޮބް ފެސްޓިވަލަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާޢިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާއި ގުޅުވާލަދޭ ބާޒާރެކެވެ. އެމްއެންޔޫ ފަހި ފުރުޞަތު / އެމް.އެން.ޔޫ ޖޮބްފެސްޓިވަލަށް ވަނުމުގެ ފުރުސަތު ހުރިހާ އާންމުންނަށް ހިލޭ ވަނީ ހުޅުވާލާފައެވެ. މި ފެސްޓިވަލުގެ މަޤްޞާދަކީ،  ދިވެހިރާއްޖޭގައި އެކިކަންކޮޅުތަކުގަޔާއި މާލޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކިކަހަލަ  އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖްރިބާ ލިބޭނެފަދަ ފުރުޞަތުތައް އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދެވޭނެ ފަދަ މާޙައުލެއް ޤާއިމު ކޮށްދިނުން ކަމަށް އެމްއެންޔޫއިން ބުނެއެވެ. އަދި  އާންމުންނާއި ހިސާބަށް އެހާ ބޮޑަށް ފޯރުކޮށްނުދެވިހުރި އެކި ކަހަލަ ފުރުޞަތުތައް ބްރޭންޑުތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުމާއި ދިވެހިރާއްޖޭގައި ހުރި އެކިހަކަލަ ސިނާއީ ފުރުޞަތުތަކާއި މިއާއި ގުޅޭނެފަދަ ކަންކަމަށް ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުވުމާއި މިފަދަ ކަންތައްތަކަށް ޝައުޤުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއެޅުން ވެސް މި މަޤްޞަދު ތަކުގެ ތެރޭގައި ހިމެނެއެވެ.

2023 ވަނަ އަހަރު ނޮވެންބަރު މަހު ބޭއްވި އެމްއެންޔޫ ޖޮބްފެސްޓިވަލުގައި އެ ޔުނިވަރސިޓީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތައް ހިމެނޭ ގޮތަށް 19 ފަރާތަކުން ބައިވެރިވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *